Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުލުހުން އެދޭ އަމުރު ނެރެފި ނަމަ އަތާއި ފަޔާއި ދޫ ވެސް ގެންގޮސްފާނެ: ރައީސް ޔާމީންގެ ވަކީލު

ފުލުހުން އެދޭ އަމުރު ނެރެފި ނަމަ އަތާއި ފަޔާއި ދޫ ވެސް ގެންގޮސްފާނެ: ރައީސް ޔާމީންގެ ވަކީލު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅުގެ ބޭރުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު ފަދަ އަމުރުތައް ނެރެން ފުރުސަތު ދީފި ނަމަ، ކުރިއަށް އޮތް ތަނުގައި ފުލުހުން ރައްޔިތުންގެ "އަތާއި ފަޔާއި ދޫ ވެސް" ގެންގޮސްފާނެ ކަމަށް ރައީސް ޔާމީންގެ ވަކީލުން މިއަދު ކޯޓުގައި ވިދާޅުވެއްޖެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 21ގައި ފުލުހުން ވަނީ "އިންޑިއާ އައުޓް" ހަރަކާތް ލީޑު ކުރައްވާ ރައީސް ޔާމީންގެ ގޭގައި ދެމި ބޮޑު 'އިންޑިއާ އައުޓް' ބެނާއެއް ކޯޓު އަމުރެއްގެ ދަށުން ނަގައިފައެވެ. އިދިކޮޅުގެ އެ ހަރަކާތް ހުއްޓުވުމަށް އެ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރު ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރުމުން، މިއަދު ހައި ކޯޓުގައި އޮތީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

Advertisement
Allied — Dhen Online (box)

މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވަނީ އެ އަމުރު ގާނޫނާ ޚިލާފްކަމަށް ޔާމީންގެ ފަރާތުން ދެކެވަޑައިގަންނަވާ ސަބަބުތައް ބަޔާންކުރައްވައިފައެވެ.

އެގޮތުން ވަކީލު ޝިޔާޒް ވިދާޅުވީ މި މައްސަލައަކީ ގާނޫނުއަސާސީގެ 27ވަނަ މާއްދާ އިން ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޚިޔާލު ފާޅުކުރުމުގެ ވަސީލަތެއް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ގެންދިޔަ މައްސަލައެއް ކަމަށާއި މިއީ އަސާސީ ހައްގެއް ހަނިކުރުމުގެ މައްސަލައެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް