Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފިލްމީ ތަރި ހުނޫއަށް ފުރައްސާރަކުރާކަމުގެ ޝަކުވާ

ފިލްމީ ތަރި ހުނޫއަށް ފުރައްސާރަކުރާކަމުގެ ޝަކުވާ

ޑްރަގް ޓްރެފިކްކުރިކަމުގެ ކުށުގައި ބަންދު ކޮށްފައި ހުރި ފިލްމީ ތަރި ހުނޭޝާ އާދަމް ނަސީރު (ހުނޫ) ފުލުހުންގެ ބަންދުގައި ހުންނަ އިރު އޭނާއަށް ފުރައްސާރަކުރާކަމަށް ކްރިމިނަލް ކޯޓުގައި އޭނާ ބުނެފިއެވެ.

ހުނޫ ހައްޔަރު ކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 28ވަނަ ދުވަހުގައެވެ. އޭނާ ހައްޔަރު ކުރީ އޭނާއާއި އޭނަގެ ލޯބިވެރިއެއް ކަމަށް ބުނާ މީހަކު މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ.

މި މައްސަލައިގައި ދައުލަތުން ހުނޫގެ މައްޗަށް އުފުލައިފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 75 އަހަރުގެ ޖަލު ހުކުމެއް ހުނޫއަށް އަންނާނެއެވެ.

Advertisement
Allied — Dhen Online (box)

އިއްޔެ ބޭއްވި އަޑުއެހުމުގައި ހުނޫގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ ބަންދުގައި ހުންނަ އިރު އޭނާއަށް ފުރައްސާރަކުރާ ކަމަށާއި އަދި އޭނާ ބަލިވެގެން ފަރުވާއަށް އެދުމުން ވެސް އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާ ނުދޭ ކަމަށެވެ.

ހުނޫގެ މި ޝަކުވާތަކާ ގުޅިގެން އެ ވާހަކަތައް އިތުރަށް ބެލުމަށް ކޯޓުން ވަނީ ދައުލަތަށް އަންގައިފައެވެ.

އިއްޔެގެ އެ އަޑުއެހުމުގައި ދިފާއުން ބުނެފައި ވަނީ، ފެނުނު މަސްތުވާތަކެއްޗާއި ހުނޫއާ ގުޅުމެއް ނެތް ކަމަށާއި އެ ތަކެއްޗާ އެހެން މީހަކު ހަވާލުވެފައިވާ ކަމަށެވެ.

ނަމަވެސް ދައުލަތުން ބުނީ އެ ހާދިސާގައި ފެނުނު މަސްތުވާތަކެތީގެ ތެރެއިން ބައެއް ތަކެއްޗާ މީހަކު ހަވާލުވި ނަމަވެސް އެހެން ތަކެއްޗާ ހުނޫއާ ގުޅުން ހުރި ކަމުގެ ހެކި ހުރި ކަމަށެވެ.

އިއްޔެގެ އަޑުއެހުން ނިންމައިލީ ހުނޫގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށާއި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް ނިންމައިފައެވެ. އަދި ހުނޫގެ ބަންދަށް 15 ދުވަސް ވެސް ޖަހައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް