ހުޅުވައިލެވިފައިވާ އިންޑޯ ޕެސިފިކްއެއްގެ ކަށަވަރުކަން ހަތަރު ލީޑަރުން ދެއްވައިފި
ޓޯކިޔޯގައި ބޭއްވި ކުއަޑް ސަމިޓުގައި ޖަޕާނާއި އެމެރިކާ، އޮސްޓްރޭލިއާ އަދި އިންޑިއާގެ ލީޑަރުން ވަނީ "މިނިވަން އަދި ހުޅުވައިލެވިފައިވާ އިންޑޯ ޕެސިފިކް"އެއް ޙަޤީޤަތަކަށް ހެދުމަށް އެއްބާރުލުން ދެއްވާކަން އަލުން ކަށަވަރުކޮށްދެއްވައިފިއެވެ.
މި ކަމަށް މަސައްކަތް ކުރުމަށް ނިންމައިފައި ވަނީ އިރުމަތީ އަދި ދެކުނު ޗައިނާ ކަނޑުގެ ބައި ހިފުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ޗައިނާއިން ދަނީ މި ސަރަހައްދުގެ ފިނޮޅުތައް ހިއްކައި އެ ތަންތަނުގައި އަސްކަރީ ބޭސްތައް ޤާއިމް ކުރަމުންނެވެ.
ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާއި އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ތަރައްގީކުރުމަކީ ވެސް އެ ގްރޫޕިންގގެ ހަތަރުވަނަ ސަމިޓް ބައްދަލުވުމުގައި އެޖެންޑާކުރި މައްސަލަތަކެކެވެ.
"އަޅުގަނޑުމެންނަށް އެއްވެ ބައިނަލްއަގްވާމީ މުޖުތަމައަށް ދައްކައިލުމަކީ އިންތިހާއަށް މުހިންމު ކަމެއް، ހަތަރު ގައުމުގެ އެއްބައިވަންތަކަމާއި މިނިވަން އަދި ހުޅުވައިލެވިފައިވާ އިންޑޯ ޕެސިފިކްގެ ހިއްސާކުރެވޭ ތަސައްވުރާ މެދު އަޅުގަނޑުމެންގެ ވަރުގަދަ ވައުދުތައް ދައްކާލުމަކީ،" ހަތަރު ލީޑަރުން އެއްކޮށް ބޭއްވި ކުއަޑްގެ ދެވަނަ ޖަލްސާގެ ފެށުމުގައި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވިއެވެ މިފަދަ ފުރަތަމަ ސަމިޓް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވޮޝިންޓަންގައި ބޭއްވިއިރު، އަނެއް ދެ ސަމިޓް ބާއްވައިފައި ވަނީ އޮންލައިންކޮށެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ގުޅޭގޮތުން ކިޝިޑާ ވިދާޅުވީ، “އިންޑޯ ޕެސިފިކްގައި މިފަދަ ހާދިސާއެއް ހިނގުމަށް ދުވަހަކު ވެސް ފުރުސަތު ދެވިގެން ނުވާނެ” ކަމަށެވެ.
ސަމިޓްގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންތިޚާބުވެ ވެރިކަމާ ހަވާލުވެ ވަޑައިގަތް އޮސްޓްރޭލިއާގެ އައު ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވީ، އޮސްޓްރޭލިއާގެ އައު ސަރުކާރުގެ އިސްކަންދޭ ކަންތައްތައް ކުއަޑް އެޖެންޑާއާ އެއްގޮތް ކަމަށެވެ.
“އަޅުގަނޑުމެންނަށް އޮސްޓްރޭލިއާގައި ސަރުކާރަށް ބަދަލެއް އައިސްފައި އޮތް ނަމަވެސް ކުއަޑަށް އޮސްޓްރޭލިއާގެ ކޮމިޓްމަންޓަށް ބަދަލެއް ނާންނަ އަދި ބަދަލެއް ނާންނާނެ.”
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، “ކުއަޑްގެ ދާއިރާ އިތުރުވެފައިވާ ކަމަށާއި ހަމައެހެންމެ މި ޖަމިއްޔާ ނުފޫޒު ވެސް ގަދަވެފައިވާ ކަމަށެވެ.
“އަޅުގަނޑުމެންގެ ދެފަރާތަށް ކުރާ އިތުބާރު އިތުރަށް ވަރުގަދަ ކުރަން ޖެހޭ. އަޅުގަނޑުމެންގެ އަޒުމަކީ ޑިމޮކްރެޓިކް ބާރުތަކަށް އައު ހަކަތައަކާއި ޖޯޝެއް ލިއްބައިދިނުން"
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، “އަޅުގަނޑުމެންނަކީ އިންޑޯ ޕެސިފިކް ބާރެއް، އަޅުގަނޑު ބުނިހެން. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާއެކު، އަޅުގަނޑުމެންގެ ގާތް ޑިމޮކްރެޓިކް ބައިވެރިންނާ އެކު. އަދި އަޅުގަނޑުމެން މިތިބީ ޝެއަރޑް ވެލިއުސްއާއި ޝެއަރޑް ވިޝަންގެ ހުރިހައި ކަމެއްގެ ދިފާއުގައި ތެދުވަން”ކަމަށެވެ.
ކުއަޑްގެ ނަމުގައި ހަތަރު ގައުމު ބައިވެރިވެގެން އެކުލަވައިލައިފައިވާ، ސަލާމަތީ ކަންތަކާ ބެހޭ ގުޅުމުގެ ތެރޭގައި ޖަޕާނުގެ އިތުރުން ހިމެނެނީ އޮސްޓްރޭލިޔާއާއި އެމެރިކާ އަދި އިންޑިއާއެވެ.
އެމެރިކާ އިސްވެ މި ގުޅުން އުފެއްދީ، އޭޝިޔާ ސަރަހައްދުގައި ރަޝިޔާއާއި ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ނުފޫޒު އިތުރު ކުރަމުންދާތީކަމަށް ބުނެއެވެ.