2023 ނިމޭއިރު ރާއްޖެ ބަނގުރޫޓުވާނެކަމަށް އުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކު ޖޭޕީ މޯގަންއިން ރަސްމީކޮށް ނުބުނާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް ޢަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދަރަނި އިތުރުވެ ބަނގުރޫޓުވާނެކަމަށް ޖޭޕީ މޯގަންއިން ބުނެފައިވާކަމަށް މިއަދު މީޑިއާތަކުގައި ޚަބަރު ފެތުރުމާ އެކު ފިނޭންސް މިނިސްޓްރީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ޖޭޕީ މޯގަންއިން ރަސްމީކޮށް އެހެން ބުނެފައިނުވާ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ސީދާ އެ ތަނާ ވެސް ވާހަކަ ދެއްކެވި ކަމަށެވެ.
"އެ ތަނުގައި ވެސް އޮންނާނެ އެކި ޑިޕާޓްމަންޓްތައް. އެފަދަ ތަނަކުން ބުނީ. އެކަމަކު ރަސްމީކޮށް ރާއްޖެ ބަނގުރޫޓުވާނެއެކޭ ބުނެ ރިޕޯޓެއް ނެރެފައެއް ނެތް. އެތަނުގެ ރިސާޗް ބޭފުޅަކު ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި އޮތް ވާހަކައެއް އެއީ. އެކި ބޭފުޅުންގެ ރިވިއު ތަފާތުވެދާނެ،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖޭޕީ މޯގަން ބޭންކަކީ ދިވެހިރާއްޖެއާ ވަރަށް ގާތުން މަސައްކަތް ކުރާ ބޭންކެއް ކަމަށާއި، މިދިޔަ އަހަރު ސްކޫކު ވިއްކުމުގައި ވެސް އެންމެ އިސްކޮށް މަސައްކަތް ކުރި އެއް ބޭންކަކީ ވެސް އެއީކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އެ ބޭންކުން އިސްކޮށް ހަރަކާތްތެރިވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށްދާނެ ގޮތް ބަލާ އެ ޔަޤީންކަން އޮތުމުންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސްރީލަންކާއަށް ދިމާވެފައިވާ ހާލަތަށް ރިޔާއަތްކޮށް ރާއްޖެއިން އިބުރަތް ހާސިލްކުރަން ޖެހޭކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، މިނިސްޓަރު އަމީރު ވިދާޅުވީ ސްރީލަންކާއާ ދިވެހިރާއްޖޭއާ އަޅައި ނުކިޔޭނެކަމަށާއި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ އެއަށް ވުރެ ގަދަކޮށް ކަަމަށެވެ. އަދި ރާއްޖެއިން ދަރަނި ނުދެއްކޭވަރުގެ ޙާލަތަކަށް ނުދާނެކަމުގެ ޔަޤީންކަން މިއަދު ވެސް މިނިސްޓަރު އަމީރު ވަނީ ދެއްވައިފައެވެ.
ލަންކާ ސަރުކާރުގަތިބި މީހުންވެސް އެއްބަހެއް ނުވޭ އެތަން ބަނގުރޫޓު ވެދާނެ ކަމަކަށް. ދިޔައީ ޚަރަދުތައް ހުއްޓުމެއްނެތި ކުރަމުން. ރާއްޖެއަށް ބަލާއިރު ފިނޭންސްގަ މިހިރީ ބޯވެސް ހަމަޖެހޭ މީހެއްނޫން.
ލަންކާ ބަނގުރޫޓްވީއިރު ތިޔަ މޯހަންބަގާން އޮތީނިދާފަ
ރަންކޮޅާ ދެލޯފުޅާ އަމީރު މިއީ ސިޔާސީ ގޮތުން ބުނާ ވާހަކައެއް ނޫން.. އެކި ކަހަލަ ބަލިމަޑުކަމާހެދި ގައުމުތައް ބަންދު ކުރަމުންދާ ދަނޑިވަޅެއްގައި އިިގްތިސާދު ވީހާވެސް ހިފެހެއްޓޭތޯ ބެލުމަކީ ބުއްދިވެރިން ކަންކުރާ ގޮތް.. ލަންކާއަށް ވީގޮތަަށް ނުވުމަކީ އެދޭ ގޮތްް.. އެކަމަކު ސަރުކާރުގެ އަމަލުތައް ހުރިގޮތުންް ރާއްޖެ އަމާން ބަނދަރަކަށް ދެވޭނެ އުއްމީދު ވަރަށްވެސް ކުޑަ..