Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ކުޅިވަރު

ޔޫރަޕާ ކޮންފެރެންސް ލީގުގެ ޗެމްޕިއަންކަން ރޯމާއިން ހޯދައިފި

ޔޫރަޕާ ކޮންފެރެންސް ލީގުގެ ޗެމްޕިއަންކަން ރޯމާއިން ހޯދައިފި

ޔޫއެފާ ޔޫރަޕާ ކޮންފެރެންސް ލީގުގެ ޗެމްޕިއަންކަން އިޓަލީގެ ކުލަބު ރޯމާއިން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ރޯމާއިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 1-0ގެ ނަތީޖާއަކުން ފޭނޫޑު ބަލިކޮށްގެންނެވެ.

ޔޫއެފާއިން ފުރަތަމަ ފަހަރަށް ބޭއްވި މި މުބާރާތުގެ ފައިނަލް މެޗުގައި ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ މެޗުގެ 31ވަނަ މިނެޓުގައި ރޯމާގެ ޒަނިއޯލާއެވެ. މި މެޗުގައި ދެ ޓީމުނވެސް ވަނި ރަނގަޅު އެޓޭކުތަކެއްކޮށް ގޯލް ޖަހަން މަސައްކަތް ކޮށްފައެވެ.

Advertisement
Allied — Dhen Online (box)

މިއީ 14 އަހަރު ފަހުން ރޯމާއިން ތައްޓެއް އުފުލައިލި ފުރަތަމަ ފަހަރެވެ. ރޯމާއަށް އެންމެ ފަހުން ތައްޓެއް ލިބުނީ 2008ވަނަ އަހަރުއެވެ. މީގެ އިތުރުން މި ތައްޓާ އެކު ރޯމާގެ ކޯޗު މޮރީނިއޯ ވަނީ ޔޫރަޕުގެ ކުލަބު ލެވެލް ތިން ތަށި ކާމިޔާބުކުރި ހަމައެކަނި ކޯޗަށް ވެފައެވެ. މޮރީނިއޯ ވަނީ ކުރިން ޗެމްޕިއަންސް ލީގު އަދި ޔޫރަޕާ ލީގު ކާމިޔާބުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް