Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

"އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރި ވަނީ މަދު ބައެއް، ތާއީދެއް ނެތް: ރައީސް ނަޝީދު

"އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރި ވަނީ މަދު ބައެއް، ތާއީދެއް ނެތް: ރައީސް ނަޝީދު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރި ވަނީ މަދު ބައެެއް ކަމަށާއި އެ ހަރަކާތަށް ތާއީދެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ މި ހަރަކާތަށް ރައީސް ނަޝީދު މިއަދު ފާޑު ވިދާޅުވެފައި ވަނީ "ބާކީ ނުވޭ" ހޭޝްޓެގް ބޭނުން ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މި ހޭޝްޓެގަކީ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް އަލަށް ބޭނުން ކުރަން ފެށި ހޭޝްޓެގެކެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ވެރީން ސިޔާސީ ބޭނުމަށް ޓަކައި ދިވެހީން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރެއްވުމަށް ހުރިހައި ސިޔާސީ ލީޑަރުން ވިސްނަވަން ވާނެ ކަމަށެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހީންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިިތު ވަނީ އެކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ކަމުން ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާއިން ހިންގަމުންދާ ޖަރީމާތައް ދުނިޔޭގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ފަށައިފައިވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވައި ނުލެވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް