ކޮޗިންއަށް ދާ ދިވެހިންގެ މުނިފޫހިފިލުވުމުގެ ބައިވެރިޔާ ‘’ ބްލެކް ގޯލްޑް’’ ކެފޭ

(ކޮޗިން، އިންޑިއާ) ބޭސްފަރުވާގެ އެކި ކަންކަމުގައި އެކި މުއްދަތުތަކަށް ދިވެހިން އެންމެ ގިނައިން ދާ ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. އިންޑިއާގެ ކެރެލާގެ ކޮޗިންއަކީ މިހާރު ބޭސްފަރުވާއަށް ދިވެހިން އެންމެ ގިނައިން ޒިޔާރަތް ކުރާ އަވަށެވެ.
އަމްރިތާ ހޮސްޕިޓަލް، އެސްޓާ މެޑިސިޓީ، ރާޖަގިރި ހޮސްޕިޓަލް އަދި ލޭކްޝޯ ހޮސްޕިޓަލުން އާސަންދަ ލިބޭއިރު އާސަންދައާ ނުލާ އެންމެ ގިނަ ދިވެހިން ދާ އަވަށަކީ ވެސް ކޮޗިންއެވެ.
ބޭސްފަރުވާގެ ކަންކަން ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ހަވީރު 5 ޖެހުމުން ނިންމައިލައިފައި ގޮސް ހޮޓަލުގައި ގިނަ ވަގުތުތައް ހޭދަކުރާ ދިވެހިން، ޚާއްސަކޮށް ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮފީ ތައްޓެއް ބޯލަން ހަމަޖެހިލައިގެން ޖައްސައިލާނެ ދިވެހިންނާއި ގުޅޭ ކެފޭއެއް ކައިރި ހިސާބެއްގައި ވެސް ނެތުމެވެ.
ނަމަވެސް މިހާރު އެކަން ވަނީ ބަދަލުވެފައެވެ. ކޮޗިންގެ އަމްރިތާ ހޮސްޕިޓަލާއި މާ ދުރުނޫން ހިސާބެއްގައި ހުޅުވައިފައިވާ “ބްލެކްގޯލްޑް” ކެފޭއަކީ ދިވެހިންނާ ގުޅޭ ދިވެހިންނަށް ޚާއްސަކޮށް ފަރުމާކޮށް ހިންގަމުންދާ ކެފޭއެކެވެ. ހައިލަކް އިން ކައިރީގައި ހުންނަ މި ކެފޭއަކީ މިހާރު ކޮޗިންއަށް ދާ ގިނަ ދިވެހިންގެ ގާތް އެކުވެރި ކެފޭއެކެވެ.
https://youtu.be/svtj7YUp5ZY
އެގޮތުން ބާރގާ، ޕިއްޒާ، ކުލަބު ސޭންޑްވިޗް، ރޯލްސް،ގެ އިތުރުން ބްރޯސްޓެޑް ޗިކަންއާއި ރައިސް ނޫޑްލްސްގެ ބާވަތްތައް ލިބެން ހުރެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވަކިން ޚާއްސަ ތަނެއް މި ކެފޭގައި ވަނީ ކަނޑައަޅައިފައެވެ.
ދެން އިމޭޖްސް/ޒައީމް[/caption]
ކޮފީއަށް ޚާއްސަ، އަދި ތަފާތު މެނޫއެއް
ކަޅު ކޮފީ އަދި ކިރުކޮފީ މެޝިނުން ގިރައި، ޚިދުމަތް ދޭއިރު، އެކްސްޕްރެސޯ، ޑަބަލް އެކްސްޕްރެސޯ ލިބެއެވެ. މީގެ އިތުރުން ފްރްޝް ޖޫސް، މޮޖީޓޯ، މިލްކްޝޭކް ލިބެން ހުރެއެވެ. ވަގުތުން ތައްޔާރުކޮށްލެވޭ ގިނަ ކާއެއްޗެހި ލިބެން ހުރެއެވެ.
އެގޮތުން ބާރގާ، ޕިއްޒާ، ކުލަބު ސޭންޑްވިޗް، ރޯލްސް،ގެ އިތުރުން ބްރޯސްޓެޑް ޗިކަންއާއި ރައިސް ނޫޑްލްސްގެ ބާވަތްތައް ލިބެން ހުރެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވަކިން ޚާއްސަ ތަނެއް މި ކެފޭގައި ވަނީ ކަނޑައަޅައިފައެވެ.
ހުސްވަގުތުގައި ބިލިއާޑް ކުޅެންވީ، އަގު ވެސް ހެޔޮ!
ކެފޭގެ އެންމެ ޚާއްސަކަމަކީ ކެފޭގައި ހުންނަ އެކި ސައިޒުގެ ބިލިއާޑް ބޯޑްތަކެވެ. ގަޑިއަކަށް 200 ރުޕީސްއިން ފެށިގެން ކުދި ބޯޑު ލިބޭ އިރު މިހާރު ވެސް ކެފޭގައި އެންމެ ފޯރިއާއެކު ހިނގާ ހަރަކާތަކީ ވެސް ބިލިއާޑް ކުޅުމެވެ. [caption id="attachment_153478" align="alignnone" width="1024"]
ދެން އިމޭޖްސް/ޒައީމް[/caption]






ކޮމެންޓް