Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މީހުންނަށް ފިޔަވަޅު އަޅަނީ

މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މީހުންނަށް ފިޔަވަޅު އަޅަނީ

ވިލިމާލޭގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން ކަމަށް ބުނާ މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ބުނެފިއެވެ.

ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިނެއް ވިލިމާލެ ހޮސްޕިޓަލްގައި ދީފައިވާކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެ އެކަން އާންމުންގެ ސަމާލު ކަމަށް ގެންނެވީ އެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް އަހުމަދު އުޝާމްއެވެ.

މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ކުޑަކުދިންގެ ގަޔަށް ޖަހައިފައިވާ މައްސަލައާ ބެހޭ ގޮތުގައި އައިޖީއެމްއެޗްއިން ނެރުނު ބަޔާނެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ ވެކްސިން އެ ހޮސްޕިޓަލުން ދިން މައްސަލައެއް އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، އެ މައްސަލަ އެ ހޮސްޕިޓަލާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލައިގައި އިހުމާލުވާ މީހުންނާ މެދު ފިޔަވަޅުއަޅާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ މި މައްސަލަ ފެންމަތިވުމާ ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓައިލައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް