Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑްރަގާއި ގޭންގުތަކުގެ ފަހަތުގައި ސިޔާސީ ނިޔަތް އޮވޭ: ރައީސް

ޑްރަގާއި ގޭންގުތަކުގެ ފަހަތުގައި ސިޔާސީ ނިޔަތް އޮވޭ: ރައީސް

ރާއްޖޭގައި ހިނގާ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކުގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާ ޝާމިލްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކާ އެކު މިއަދު ފަށައިފައިވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގައި އޮތް މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑު އަދި ގައުމީ ދެ މައްސަލައަކީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ކަމަށެވެ.

މި ދެ މައްސަލައިގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާ ޝާމިލްވެފައިވާ އިރު، މިއީ މިކަންކަމުގެ އެންމެ ފުނުގައި އިންތިޒާމްވެ ރޭވިގެން ހިންގާ ކަންކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރައީސް ޞާލިޙް ވިދާޅުވީ، މިކަންކަމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހައްލު ހޯދަން ޖެހިފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށެވެ.

"މިއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް. މި ކޮންފަރެންސްގައި މިކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު. އެއީ މީގެ ހައްލު ހޯދުމުގެ މަގު ކުރުވެ ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ ރާއްޖޭގައި އޮތް އަނެއް ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ. އެގޮތުން ރަށް ގިރުމާއި، ފެންބޮޑުވުމާއި އުދައެރުމަކީ ރަށްރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަންތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް