Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބީޖޭޕީގެ ތަރުޖަމާނު ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރުމުން ވެސް، ބައެއް "މުސްލިމުން" ހަނު!

ބީޖޭޕީގެ ތަރުޖަމާނު ރަސޫލާ (ޞޢވ)އަށް ފުރައްސާރަ ކުރުމުން ވެސް، ބައެއް "މުސްލިމުން" ހަނު!

އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ ބީޖޭޕީގެ ތަރުޖަމާނު ނުޕުރް ޝަރްމާ، މާތް ނަބިއްޔާ މުހައްމަދު (ޞޢވ)އަށް ފުރައްސާރު ކުރުމުން ވެސް، އޭނާއާ މެދު ފިޔަވަޅެއް ނާޅާތީ، އަދި އޭނާގެ އެ އަމަލު މުސްލިމު ޤައުމުތަކުން ކުށްވެރި ނުކުރާތީ، އެ ޤައުމުތަކަށް ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ޕްރައިވެޓްް ޓީވީ ޗެނަލަކަށް އިއްޔެ ދިން އިންޓަވިއުއެއްގައި ނުޕުރް ވަނީ ރަސޫލާ (ޞޢވ)އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް، އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން އާއިޝާ ރަޟިއަﷲއަންހާގެ ކައިވެނިފުޅަށް ފާޑުކިޔައިފައެވެ.

އޭގެ އިތުރުން ރަސޫލާ (ޞޢވ) އިސްރާއާއި މިއުރާޖަށް ކުރެއްވި ދަތުުރުފުޅަށް ވެސް ފާޑުކިޔުމުގެ އިތުރުން މުސްލިމުން ނަމާދު ކުރަން ވުޟޫ ކުރަން ހަދައިފައި ހުންނަ ތަނތަނަށް ވެސް ވަނީ މަލާމާތްކޮށްފައެވެ.

Advertisement
Ooredoo — Square (box)

އިންޑިއާގެ މުސްލިމު ޖަމާއަތެއް ކަމަށްވާ ދަ ރާޒާ އެކެޑެމީން ވަނީ، ދީނަށާއި ރަސޫލާ(ޞޢވ)އަށް ފުރައްސާރަ ކުރިކަމުގެ މައްސަލަ މުމްބާއި ޕޮލިހަށް ހުށަހަޅައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް