Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ގެކޮޅުން އިންޑިއާ އައުޓް ބެނާ ނެގީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި

ރައީސް ޔާމީންގެ ގެކޮޅުން އިންޑިއާ އައުޓް ބެނާ ނެގީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރެދިން އަމުރު ގާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި އެ އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

ރައީސް ޔާމީންގެ ގެކޮޅު ކަމަށްވާ ހ. ދޫވެހީގައި ދެމި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ، އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރާ ކަމަށް ތުހުމަތުކޮށް، ކްރިމިނަލް ކޯޓުން ހޯދި އަމުރެއްގެ ދަށުންނެވެ.

ދަށު ކޯޓުގެ އެ އަމުރު ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރެއްވީ މައިގަނޑު ދެ ސަބަބެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ކޯޓު އަމުރު ނެރެދޭން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ނިންމި ނިންމުމަށް ވާސިލްވި ސަބަބެއް އެނގެން ނެތުމާއި ބެނާ ނެގުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލައެވެ.

Advertisement
Ooredoo — Square (box)

މި މައްސަލައިގައި ހައިކޯޓުން މިއަދު ނެރުނު ހުކުމުގައި ބަޔާންކޮށްފައި ވަނީ "އިންޑިއާ އައުޓް" ބެނާ ދެމުން ކުށަކަށް ވާގޮތާއި އެ ބެނާ ނަގަން ފުލުހުން އެންގީ ކީއްވެކަން ދައުލަތަށް ވެސް އަދި ފުލުހުންނަށް ވެސް ބުނެދެވިފައި ނުވާ ކަމަށާއި އަދި އެ ބެނާ ހަރުކޮށްފައި ހުރީ ދޫވެހީގެ ބޭރުން ހަރުކޮށްފައިވާ ދާގަނޑެއްގައި ހުރި ހޮޅިތަކެއްގައި އައްސައިފައި ކަމަށް ވާތީ ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް