ޚަބަރު ޝަރުޢީ ދާއިރާ

ރައީސް ނަޝީދަށް ދިން ހަމަލާ: މޫސުން ގޯސްވެ، ކޯޓަށް ހާޒިރު ނުކުރެވުމުން ޝަރީޢަތް ކެންސަލް!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މިދިޔަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޓެރެރިޒަމްގެ ޙަމަލާއެއް ދިން މީހުން މިއަދުގެ ޝަރީޢަތަށް ހާޒިރު ނުކުރެވުމުން މިއަދުގެ ޝަރީޢަތް ކެންސަލްކޮށްފިއެވެ.

Ads by STELCO

މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ މި މައްސަލައިގައި ދައުވާ ކުރާ ހަތަރު މީހުން، މޫސުން ގޯސްވެ ކޯޓަށް ހާޒިރުކުރުމަށް މާލެ ނުގެނެވުމުން ކަމަށް ކޯޓުން މަޢުލޫމާތު ދެއްވައެވެ. އަދި މި ޝަރީޢަތް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް މަޢުލޫމާތު ދެއްވައެވެ.

މިއަދުގެ ޝަރީޢަތަށް ހާޒިރު ކުރަން ނިންމައިފައި ވަނީ މައްސަލައިގައި ދައުވާކުރި ތަހުމީނު އަހުމަދާއި، މުޖާޒު އަހުމަދާއި، އިސްހާގު އަދި ފަހުމީ އަލީ އާއި އަލީ ހައިޝަމްއެެވެ.

މި މައްސަލައިގައި ދައުލަތުން ދަޢުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

ގ. ކެނެރީގެ ހުންނަ މަގުގައި ޕާކުކޮށްފައިހުރި ސައިކަލެއް ގޮއްވައިލައި ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާ ވަރުގެ ޙަމަލާއެއް ދިން މީހުންގެ ތެރެއިން އަދުހަމް އަހުމަދު ރަޝީދު ހިޔާ، ވ. ތިނަދޫ،ގެ މައްޗަށް ކުށް ސާބިތުވެ 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އޭނާ ކުރި ކުށަށް އިއުތިރާފްވެ އަދަބު ކުޑަވާ ގޮތަށް ދަޢުލަތާ އެކު އެެއްބަސްވުމެއް ހަދައިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!