Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

8 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފި

8 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފި

މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ފަރަކަށް އަރައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، 8 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ "މާޒު" ބޯޓު ނަމަކަށް ކިޔާ ބޯޓު މ.ތުވަރުގެ އިރުއުތުރުން 8 ނމ. ބޭރު ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި މަޢުލޫމާތު ސިފައިންނަށް ލިބިފައި ވަނީ މިއަދު ފަތިހު 4:51ހައިއިރު ކަމަށާއި މި  ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު އަދި ލިބިފައި ނުވާ ކަމަށް ވެސް ސިފައިން މަޢުލޫމާތު ދެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް