Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިދިޔަ ހަފްތާގައި ކޮވިޑް-19 ޖެހުނީ 91 މީހަކަށް

މިދިޔަ ހަފްތާގައި ކޮވިޑް-19 ޖެހުނީ 91 މީހަކަށް

ނިމިދިޔަ ހަފްތާގައި ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވީ 91 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ ހަފްތާއަކު ވެސް އެޗްޕީއޭއިން އާންމުކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން، މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ މާލެ ސަރަހައްދުން ކޮވިޑް-19އަށް ފައްސި ވެފައިވަނީ 40 މީހުން ކަމަށާއި އަތޮޅުތެރެއިން 24 މީހަކު މިބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އަދި އެހެނިހެން ސަރަހައްދުުތަކުން ފައްސިވެފައި ވަނީ 27 މީހުންނެވެ.

ކޮވިޑް-19އަށް އިތުރަށް ފައްސި މިވީ 91 މީހުންނާ އެކީ މިހާރު މުޅިއަކު 179،753 މީހުން މި ބައްޔަށް ރާއްޖެއިން ފައްސިވެފައިވެއެވެ. އަދި މިބަލީގައި ޖުމްލަ 299 މީހަކު ރާއްޖެއިން ނިޔާވެފައިވާ ކަމަށް ވެސް އެޗްޕީއޭގެ ރިޕޯޓުތަކުން ދައްކައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް