Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތެޔޮ ޓޭންކެއްގައި ރޯވެ އެކަކުގެ ހާލު ސީރިއަސްވެއްޖެ

ތެޔޮ ޓޭންކެއްގައި ރޯވެ އެކަކުގެ ހާލު ސީރިއަސްވެއްޖެ

ޏ.  ފުވައްމުލައް ސިޓީގެ ބަނދަރުގައި އޮތް ތެޔޮ ޓޭންކެއްގައި ރޯވެ، ހިނގި ނުރައްކާތެރި ހާދިސާގައި އެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަލިފާން ރޯވެގެން އުޅެނީ ފުވައްމުލަކު (ދޫޑިގަން އަވަށު) ބަނދަރުގައި އޮތް "ދަ ހޯކްސް ފިއުލް" ނަމަކަށް ކިޔާ ތެޔޮ ޓޭންކެއްގައި ކަމަށެވެ.

މި ހާދިސާ ހިނގައިފައި ވަނީ ގޭސް ކަޓަރެއް ބޭނުން ކޮށްގެން މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ އެ މަސައްކަތް ކުރަން އުޅުނު ބަނގްލަދޭޝް މީހާއަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާގައި އަނިޔާ ލިބުނު މީހާގެ ހާލު ވަރަށް ސީރިއަސްއެވެ. މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް