ޚަބަރު

އިންޑިއާ އައުޓް ބެނާ މައްސަލަ: ސުޕްރީމް ކޯޓަށް ނުދާން ޕީޖީން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅުގައި ދެމި "އިންޑިއާ އައުޓް" ބެނާ ނެގީ ޤާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

Ads by Sosun Fihaara

ރައީސް ޔާމީން ދިރިއުޅުއްވާ އެ މަނިކުފާނުގެ ގެކޮޅު ، ހ. ދޫވަހީގައި ދެމި އިންޑިއާ އައުޓް ބެނާ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނެގީ މިދިޔަ މަހުއެވެ. އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު އެ ކޯޓުން ހުކުމް ކުރީ، ބެނާ ނަގަން ކޮށްފައިވާ ހުކުމް ގޯސް ކަމަށެވެ. އެއީ ފުލުހުން އަމުރަށް އެދުމާއި އަމުރު ނެރުމުގައި ގާނޫނީ ގޮތުން ގޯސްތަކެއް ހަދައިފައި ވާތީ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލަ ސުޕްރީން ކޯޓުގައި އިސްތިއުނާފު ނުކުރަން ޕީޖީން ނިންމީ ހައި ކޯޓުގެ ހުކުމް އޮތް ގޮތުން، ބެނާ އަތުލަން އައު އަމުރަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!