Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޕޮލިސް ކޮލެޖުގެ ވެރިއަކަށް ޝިފާން ހަމަޖައްސައިފި

ޕޮލިސް ކޮލެޖުގެ ވެރިއަކަށް ޝިފާން ހަމަޖައްސައިފި

ޕޮލިސް ކޮލެޖުގެ ވެރިޔަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އައްޔަންކޮށްފިއެވެ.

މާލެ ސިޓީ ޕޮލިސްގެ ވެރިއަކަށް ކުރިން ހުންނެވި ޝިފާން، މިއަދު އައްޔަންކޮށްފައި ވަނީ އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ހެޑް އޮފް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަގާމަށެވެ.

ޝިފާން އެ މަގާމަށް އައްޔަން ކުރެއްވުމުންް، މާލެސިޓީ ޕޮލިސްގެ ވެރިޔަކަށް މިހާރު އައްޔަންކޮށްފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރެވެ. ސަމީރު ކުރިން ހުންނެވީ ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޯންސްގެ މަގާމުގައެވެ. އަދި ސަމީރު ކުރިން ހުންނެވި މަގާމަށް މިހާރު އައްޔަންކޮށްފައި ވަނީ ކުރިން ހައި ވިޒިބިލިޓީ ޕޮލިސިން ޔުނިޓުގެ ވެރިޔަކަށް ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސޮބާހެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު މި ގެނައި ބަދަލުތަކަކީ ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުގެ މަގާމުތަކަށް އާންމު އުސޫލުން ގެންނަ ބަދަލުތަކެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް