Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލައްކައަކަށް ވުރެ ގިނަ ކޮވިޑް ވެކްސިން އެމެރިކާއިންހަދިޔާކޮށްފި

ލައްކައަކަށް ވުރެ ގިނަ ކޮވިޑް ވެކްސިން އެމެރިކާއިންހަދިޔާކޮށްފި

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް 100،620 ޑޯޒް ފައިޒާ ވެކްސިން ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ މިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާއިން ރާއްޖެއަށް އެހީތެރިވެ ތިބުމުގައި ސާބިތުވުމުގެ ގޮތުން 100،620 ޑޯޒް ވެކްސިން ހަދިޔާކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ރާއްޖެއަށް ފައިޒާ ވެކްސިންގެ 100،620 ޑޯޒް ހަދިޔާކޮށްފައި ވެއެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެ ގައުމުން ވަނީ އިތުރު 439،920 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފައެވެ.

Advertisement
Allied Insurance — Square (box)
ކޮވިޑް-19ގެ ބަލިމަޑުކަން 2020ވަަނަ އަހަރު ރާއްޖެއަށް ފެތުރުނު ފަހުން، އެ ބަލިމަޑުކަމުން އަރައިގަތުމަށް އެމެރިކާއިން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ދީފައެވެ. ކޮވިޑުން ދިފާއުވާން އެގައުމުން ރާއްޖެއަށް ދިން އެހީގެ ޖުމްލަ ހަތް މިލިޔަން ޑޮލަރަށް ވުރެ މައްޗެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް