Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

ރަސޫލާއަށް ފުރައްސާރަ ކުރުމުން ކުށްވެރި ނުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރަސޫލާއަށް ފުރައްސާރަ ކުރުމުން ކުށްވެރި ނުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައިނުވާތީ އެކަން ކުށްވެރިކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލީހަށް ހުށަހަޅައިފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ރަސޫލާއަށް ފުރައްސާކޮށް، އިހާނެތި ބަސްތައް ރައްދުކުރި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ލީޑަރޝިޕްގައި ހިމެނޭ ދެ މީހުންގެ ތެރެއިން އެކަކު ޕާޓީން ވަކިކޮށް، އަނެކަކު ވަނީ ސަސްޕެންޑްކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ. އަދި ޕާޓީން ސަސްޕެންޑްކޮށްފައި ވަނީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ އެވެ. އޭނާގެ މައްސަލަ އަދި ދަނީ ބަލަމުންނެވެ.

މިދިޔަ ހަފްތާގައި ޓީވީ ބަހުސްއެއްގައި ޝަރުމާ ވަނީ ނަބިއްޔާއާއި އޭނާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަށް ފުރައްސާރަކޮށްފައެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނަކު ރަސޫލާއާ ގުރުއާނަށް ފުރައްސާރަ ކުރުމުން އެކަމުގައި އެހެން ގައުމުތަކުން ނުރުހުން ފާޅުކޮށް އިހުތިޖާޖުކުރަމުން އައި ނަމަވެސް އެ މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާތީ އެކަން ކުށްވެރިކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަ ކަމަށް ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް