Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

އޮޅުވައިލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އެމްޑީޕީން ހުށައެޅުމުން ބަލައިގެންފި

އޮޅުވައިލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އެމްޑީޕީން ހުށައެޅުމުން ބަލައިގެންފި
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށައަޅައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ އެމް.ޑީ.ޕީ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީޤެވެ. މި މައްސަލައިގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގައި އަދި ޕާޓީތަކުން ވަކި ކުރުމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި ޢަމަލު ކުރަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން އާއްމުންނަށް ސިޔާސީ ޕާޓީތަކަށް ވަނުމުގެ ހައްޤަށް ގެއްލުންވާ ކަމަށާއި އަދި ޕާޓީތަކަށް ނުހައްޤު މާލީ މަންފާ ހޯދުމަށް ފުރުސަތު ފަހިވެގެންދާކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ. އަދި މިކަމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުން ގެންދާ ގޮތުން ރައްޔިތުންގެ އިތުބާރު ކުޑަވެ އާއްމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. "ގާނޫނާއި ގަވައިދާ ހިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ޕާޓީ ބަދަލުކުރުން ތަކުރާރުކޮށް ހިނގަމުންދާތީ އެކަމުގެ ސަބަބުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ޖެހެން ބޭނުން ނުވާ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ ޝަކުވާތައް އިތުރުވެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށަހަޅަމެވެ." މައްސަލައިގައި ބުނެފައިވެއެވެ.

އޮޅުވައިލައިގެން ޕާޓީތަކަށް މީހުން ވެއްދުމުގެ ޝަކުވާ ބޮޑުވެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވެސް މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުއްވިއެވެ. އެހެން ނަމަވެސް އެ މައްސަލަ އޭރު ވަނީ ބަހުސް ނުކޮށް މަޖިލީހުން ބޭރުކޮށްލައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް