Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

ޖުލައި މަސް ނިމޭއިރު ރިޒާވްގައި ފައިސާ ހުންނާނެވަރު ހޯދަން އެދިއްޖެ

ޖުލައި މަސް ނިމޭއިރު ރިޒާވްގައި ފައިސާ ހުންނާނެވަރު ހޯދަން އެދިއްޖެ

ކުރިއަށް އޮތް ޖުލައި މަސް ނިމޭއިރު ބޭނުންކުރެވޭ ދައުލަތުގެ ރިޒާވުގެ ގޮތުގައި ފައިސާ ހުންނާނެ އަދަދު ހޯދުމަށް ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާ ސުވާލު ކުރުމަށް ހުށަހަޅައިފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައިސް އީވާ އަބްދުﷲއެވެ.

އީވާ ހުށަހަޅައިފައިވާ ސުވާލުގައި ވިދާޅުވެފައި ވަނީ، މި ޖޫން މަސް ފެށުނުއިރު ދިވެހިރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރުކަމަށެވެ.

Advertisement
Ooredoo — Square (box)

އެގޮތުން މި ހިނގާ ޖޫން މަހާއި ކުރިއަށް މިއޮތް ޖުލައި މަހު 130 މިލިއަނަށް ވުރެ ގިނަ އަދަދުގެ ޑޮލަރު، ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރާން ޖެހޭ ކަމަށާއި، މި 130 މިލިއަން ޑޮލަރުގެ އިތުރުން، މި ދެ މަހުގެ ބަޖެޓްކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންވެ މާލީ ކަންކަން އެގޮތަށް ހުރުމުން ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑު، ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ ސުވާލު ކުރައްވައިފައި ވެއެވެ.

ސަރުކާރުން މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ލޯނާ އެކު ދައުލަތުގެ ދަރަނި މިހާރު ވަނީ 99 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް