Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ބިލް ބޭރުކޮށްލީ، ރަސޫލާގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ ޑްރާމާ ކުޅެން ފުރުސަތު ނުދޭން: އެމްޑީޕީ

ބިލް ބޭރުކޮށްލީ، ރަސޫލާގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ ޑްރާމާ ކުޅެން ފުރުސަތު ނުދޭން: އެމްޑީޕީ

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކާއި އެ ޕާޓީގެ ވެރިއަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ ރަސޫލާ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ ޑްރާމާ ކުޅެން ފުރުސަތު ނުދޭން ކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައި ވަނީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވައިފައިވެއެވެ. މި ބިލާ ދެކޮޅަށް ވޯޓް ދިން މެންބަރުންގެ ފޮޓޯއާ އެކު މީސްމީޑިއާގައި ޕޯސްޓަރުތައް ވެސް ވަނީ އާއްމުކޮށްފައެވެ. އަދި ގިނަ ބައެއްގެ ނުރުހުންވުން ވަނީ އަމާޒުކޮށްފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައަކީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވައިލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް ޢަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ" އެ ބަޔާނުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވިދާޅުވީ، މި ސަރުކާރަކީ އިސްލާމްދީނުގެ ދިފާޢުގައި ފާޅުގައި އަޑުއުފުލަމުންދާ ސަރުކާރަކަށްވެފައި، އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސްތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް މިއަދު ބަޔާން ނެރުއްވާ ގޮތަށް ހަމަޖެހިފައިވާކަމުގައްޔާއި އެމަސައްކަތް ކުރިއަށް ގެންދަވާކަމުގެ މައުލޫމާތު ޕީޖީ ގްރޫޕަށް ސަރުކާރުން ދެއްވަވައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް