Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މީީޑިއާ ކައުންސިލްގެ ރައީސްކަމުން ޝަހުބާން އިސްތިއުފާ ދެއްވައިފި

މީީޑިއާ ކައުންސިލްގެ ރައީސްކަމުން ޝަހުބާން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ރައީސްކަމުން ޝަހުބާން ފަހުމީ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެމްއެމްސީގެ ރައީސްކަމުން އިސްތިއުފާ ދެއްވިކަން ޝަހުބާން އިއުލާނު ކުރައްވައިފައި ވަނީ މިއަދު އެ ކައުންސިލުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"އަޅުގަނޑު ދެން މީޑިއާ ކައުންސިލްގެ ރައީސް ކަމުގައި ހުރެއްޖެއްޔާ، މީޑިއާ ކައުންސިލަށާއި، ނޫސްވެރިންނާއި މީޑިއާތަކަށް ލިބިދާނެ އިއާދަނުކުރެނިވި ގެއްލުމަކަށް ޓަކައި އިސްތިއުފާ މިދެނީ" މިއަދުގެ ބައްދަލުވުމުގައި ޝަހުބާން ވިދާޅުވެފައިވެއެވެ.

Advertisement
HDC — Sidebar (box)

އެމްއެމްސީގެ ރައީސްކަމުން ޝަހުބާން އިސްތިއުފާ ދެއްވައިފައި މިވަނީ، އޭނާގެ އިސްތިއުފާއަށް ގޮވައިލައި، އެ ކައުންސިލުގެ ނުވަ މެންބަރަކު މީގެ ކުރިން ގަރާރެއް ވެސް ނެރެފައި ވަނިކޮށެވެ. އެ ގަރާރު ނެރެފައި ވަނީ ޝަހުބާނާއި އޭނާގެ ބޭބެ އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކުންފުންޏަކަށް މަނީ ލޯންޑަރގެ ތުހުމަތު ކުރެވިގެން ޝަހުބާން ފުލުހަށް ހާޒިރުކުރި މައްސަލައިގައެވެ. މިކަމާ ގުޅޭ ގޮތުން އެ މެންބަރުން ބުނެފައި ވަނީ މިއީ ގިނަ ނޫސްވެރިންގެ ވެސް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

މީޑިއާތަކުގެ ބެލެނިވެރި ، އެއް ފަރާތްކަމަށްވާ އެމްއެމްސީ ހިންގުމާ ހަވާލުވެ ހުރި ފަރާތަކާ މެދު އެފަދަ ބޮޑު ތުހުމަތެއް ކުރެވުމުން މަގާމުން އިސްތިއުފާ ދޭން ކައުންސިލްގެ މެންބަރުން މީގެ ކުރިން އޭނާއަށް މުހުލަތެއް ދިން ކަމަށާއި އެ މުހުލަތު ވެސް މިހާރު ހަމަވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް