ޚަބަރު ރައްޔިތުންގެ މަޖިލިސް

ލައިޓް ނުދިއްލިގެން މަޖިލީހަށް ހާޒިރު ކުރުން ނިމުމަކަށް ގެންނަން ޖެހޭ: މަޙްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް/ ފޮޓޯ: މަޖިލިސް

ލައިޓެއް ނުދިއްލިގެން މިނިސްޓަރު މަޖިލީހަށް ގެނައުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by MWSC

މަހްލޫފް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހަށް ހާޒިރުކޮށް، ލ.މާވަށުގެ ވޮލީ ކޯޓުގައިވާ ލައިޓް ނުދިއްލޭތީ، ހައްލުވާނެ ތާރީޚަކާ ގުޅޭ ގޮތުން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ސުވާލު ކުރެއްވުމުންނެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ދަނޑުތަކުގެ ލައިޓެއް ނުދިއްލިގެން މިނިސްޓަރާ ހިސާބަށް އެކަން ގެނެސް މަޖިލީހުގެ ތަޅުމުގައި ލައިޓަކާ ގުޅޭ ގޮތުން ކުރެވޭ ސުވާލުތަކަށް ނިމުމެއް އަންނަން ޖެހޭ ކަމަށެވެ. އަދި ރަށްރަށުގެ ދަނޑުތަކުގެ މައްސަލައަކީ ކައުންސިލްތަކަށް ވެސް ހައްލު ކުރެވޭވަރުގެ މައްސަލައެއް ކަަމަށް ވިދާޅުވިއެވެ.

"ލައިޓެއް ނުދިއްލިގެން އަސްލުގައި އަޅުގަނޑު މިތަނަށް ގެނެސް، މިދެންނެވީ ކުޅިވަރާ ބެހޭ މިނިސްޓަރަށް ލައިޓަކާ ގުޅޭ ވާހަކަ، މި ސުވާލުތައް އެބަ ޖެހޭހެން ނިމުމަކަށް ގެންނަން" މަޙްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފަަދަ ކަންކަން ހައްލު ކުރުމަށް މިނިސްޓްރީން ވެސް ވީވަރަކުން މަސައްކަތް ކޮށްދެމުންދާ ކަމަށެވެ. ނަމަވެސް. ކައުންސިލްތަކަށް ބަޖެޓް އިތުރުކޮށްގެން ނަމަވެސް މިކަހަލަ ކުދިކުދި ކަންކަން ހައްލު ކުރުމަށް މިނިސްޓަރާ ހިސާބަށް އައުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

  1. އަދުރޭ

    ކައުންސިލުގެ ދައުރަކީ ކޮބައިތޯ