Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

2023 ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް ޞާލިޙް

2023 ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް ޞާލިޙް

ކޯލިޝަނަކާ އެކީގައި ނުކުމެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ، ކޯލިޝަނަކާ އެކީގައި ނިކުމެ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް، ކޯލިޝަނަކާ އެކު ނިކުމެ، 2023 އަޅުގަނޑަށް ކާމިޔާބު ކުރެވިދާނެ ކަމަށް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެއީ އެންމެ ފައިދާ ހުރި ގޮތް ކަމުގައި ވެސް ވިދާޅުވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވައިފައިވާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށެވެ.

"އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން. އެމްޑީޕީން އަމަލު ކުރާނީ އަސާސީ ގަވާއިދުގައި އޮތް ގޮތަށް." ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ 2023ގެ އިންތިހާބު ވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެ މަނިކުފާނަށް އޮތް ޔަގީންކަމަކީ ކޯލިޝަނަކާ އެކު ނިކުންނަވައި 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް