Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޢީދު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ޢީދު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

މި އަހަރުގެ ފިތުރު ޢީދު ދުވަހު މާލޭގެ ޖަނަވަރީ މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މެއި މަހުގެ ދެވަނަ ދުވަހު ހިންގި އެ މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރު ކުރިއެވެ. އަދި އިތުރު ފަސް މީހަކު ހައްޔަރު ކުރަން އެމީހުންގެ ފޮޓޯއާ އެކު ވަނަވަރު ވެސް ވަނީ އާންމު ކޮށްފައެވެ. އޭގެ ތެރެއިން ގއ. ގެމަނަފުށި ކެނެރީގެ، އަހުމަދު ނާޒިހް (27އ) މެެއި 12ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލައިގެ ތުހުމަތުގައި ރެއާ ހަމައަށް ހޯދަމުން އައީ ކ. މާލެ/ ދަފްތަރު ނަންބަރު 2260 މައުސޫމް މުހައްމަދުދީދީ (27އ) އާއި، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ އަހްމަދު ރަބީއު (24އ) އާއި ސ. ހުޅުދޫ/ ނާދީ މުނާދު ޖައުފަރު (20އ) ގެ އިތުރުން ސ. މަރަދޫ/ ކޮރަލް އަހްމަދު ސާތިއު (21އ)އެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ދެންމެ ބުނީ ސ. މަރަދޫ/ ކޮރަލް، އަހްމަދު ސާތިއު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް