ޚަބަރު

އަޟްހާ އީދުގައި ބާރަށަށް ހަބޭސް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ އަޟްހާ އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ހއ.ބާރަށުގައި ބާއްވާ ޝޯވގައި ބައިވެރިވުމަށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕް "ހަބޭސް" ނިންމައިފިއެވެ.

Ads by Hajj Corporation

ހަބޭސް ގުރޫޕުން ވަނީ މިކަން މީސްމީޑިއާގައި ހާމަކޮށްފައެވެ.

ހއ.ބާރަށުގައި މިއަހަރު ފާހަގަކުރާ އަޟްހާ ޢީދުގެ ކުޅިވަރުތަކާ ގުޅޭ ގޮތުން ، އެ ރަށު ރެހެންދި މޫވްމަންޓާ ގުޅިގެން ކުޅިވަރުތައް އިންތިޒާމްކުރާ އުތުުރު ޒުވާނުންގެ ފަރާތުން ނާފިޒު ބުނީ މި އަހަރުގެ އަޟްހާ ޢީދަށް ގިނަ ކުޅިވަރުތަކެއް ރާވަމުންދާ ކަމަށެވެ. އެ ގޮތުން މަސްރޭހަކާއި ކުޑަކުދީންގެ ހަވީރެއްގެ އިތުރުން ޘަގާފީ ކުޅިވަރުތަކާއި ކުލަ ޖެހުމުގެ ކުޅިވަރުތައް ވެސް އޮންނާނެ ކަމަށް ނާފިޒު ބުންޏެވެ.

ނާފިޒު ބުނީ މި އަހަރުގެ އަޟްޙާ ޢީދު ، ބާރަށަށް އެންމެ ޚާއްޞަވެގެންދަނީ ހަބޭސް ގުރޫޕްގެ ބައިވެރިވުމާ އެކުގައި ކަމަށާއި އަންނަ މަހުގެ 12ވަނަ ދުވަހުގެ ރޭ އޮންނަ ޝޯވގައި އެ ބޭންޑުން ޕާފޯމްކުރުމުގެ އިތުރުން އެ ދުވަހު ހަވީރު ބާއްވާ ޘަގާފީ ކުޅިވަރުތަކުގައި ވެސް އެ ބޭންޑުން ބައިވެރިވާނެ ކަމަށެވެ.

"އުއްމީދަކީ އެހެން ހުރިހައި އަހަރުތަކަށް ވުރެ ކުލަގަދަކޮށް ޢީދު ފާހަގަކޮށް، އެންމެންގެ ބައިވެރިވުމާ އެކު މުޅި ރަށަށް އުފާވެރި ޢީދަކަށް ހެދުން، ބާރަށުގެ ކުޅިވަރުތަކުގައި ބައިވެރިވާން އެންމެންނަށް ވެސް ދަޢުވަތު އަރުވަން"ނާފިޒު ބުންޏެވެ.

Ads by Allied Insurance
  1. ޢާދިލް

    ޚަަބަރު ކިޔާ ނިމިނުއިރުވެސް އަޟްހާ އީދު ދުވަހަކީ ކޮން ދުވަހެއްކަމެއް ނޭނގުނު.