Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގާޒީ އާދަމް މުހައްމަދަށް އިންޒާރުދިން މީހާ ޓެގު އަޅުވައި މޮނީޓަރކުރަން އެމްޑީޕީން ގޮވައިލައިފި

ގާޒީ އާދަމް މުހައްމަދަށް އިންޒާރުދިން މީހާ ޓެގު އަޅުވައި މޮނީޓަރކުރަން އެމްޑީޕީން ގޮވައިލައިފި

ވެރިކަންކުރާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހު ދިން ބޮމުގެ ހަމަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލެ/ ކުދެހިގެ އިސްހާގުގެ ދަރި، މުހައްމަދު އިއުފާފު އިސްހާގުގެ ޓެގު އަޅުވައިގެން މޮނީޓަރ ކުރުމަށް އެމްޑީޕީން ގޮވައިލައިފިއެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި މިފަދައިން ގޮވައިލައިފައި މިވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދުގެ ދެކަނބަލުންނަށް ބިރު ދައްކައި މަރުގެ އިންޒާރު ދީފައިވާ ކަމަށް ގާޒީ ވިދާޅުވެފައިވުމާ ގުޅިގެންނެވެ. ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ބައްލަވަމުން ގެންދަވާ ފަނޑިޔާރުންގެ ބެންޗުގައި ވެސް ހިމެނި ވަޑައިގަތް ގާޒީ އާދަމް މުހައްމަދު އިއްޔެ ވަނީ، އެ ޝަރީއަތްތަކުން ތަނާޒުލްވެވަޑައިގެންފައެވެ.

މިކަމާ ގުޅޭގޮތުން އެމްޑީީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލައިން ގާޒީ އާދަމް މުހައްމަދު ތަނާޒުލްވެވަޑައިގަތުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވުން ފާޅުކުރާ ކަމެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ޤާޒީ ތަނާޒުލުވެވަޑައިގަތީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ އިސްޙާޤުގެ ދަރިއެއް، ޤާޒީއަށް މީގެ ކުރިން އިންޒާރުދީފައި ވާތީ ކަމުގައި ޤާޒީ ވިދާޅުވި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ޤާޒީގެ ފަރާތްޕުޅުން، އެ އެޅުއްވި ފިޔަވަޅަކީ، އިންސާފުން ޝަރީޢަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއް ނެތި ގެންގޮސް ނިންމައިލުމަކީ އެއަށް ވުރެ މުހިންމު ކަމެއް ކަމުގައި ދެކެން. ނޫން ނަމަ، މި ދަނޑިވަޅުގައި، ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިޞްޙާޤުގެ ދަރި ނުވަތަ އެހެން ފަރާތަކުން ވެސް، އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެއް" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ގާޒީ އާދަމް މުހައްމަދަށް ތަނާޒުލްވެވަޑައިގަންނަވަން ޖެހުނީ ތުހުމަތުކުރެވޭ އިސްޙާޤުގެ ދަރި އަދިވެސް ދޫވެފައިވުމުންނާއި ސްޓެލްކޯގެ ވަޒީފާގައި ހުރުމުން ކަމަށާއި އެއީ އެ ޕާޓީން ކުށްވެރިކުރާ ކަމެއް ކަމުގައި ވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެހެންކަމުން އެމްޑީޕީން އެދިފައި ވަނީ ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަކަށް މި މައްސަލަ ބަލާ ބެންޗު އެކުލަވައިލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށް ކަމަށާއި އަދި މި ބިރުދެއްކުމުގެ މައްސަލައަށް 6 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ޕާޓީން އެދެނީ ތަންފީޒީ އިދާރާތަކުން މިކަން ސަމާލުކަމާ އެކީ ބައްލަވައި، ދަޢުވާކުރަން ފޮނުވުމަށް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް