ޚަބަރު

ސްޓެލްކޯގެ ޗެއާމަނަކަށް ދީދީ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްޓެލްކޯގެ ޗެއާމަނަކަށް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ މިއަދު އައްޔަންކޮށްފިއެވެ.

Ads by Sosun Fihaara

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި ޗެއާމަންގެ މަގާމަށް ދީދީ މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

އިބްރާހިމް ދީދީއަކީ ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރެވެ. އޭނާ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އިބްރާހިމް ދީދީގެ އިތުރުން ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒްވަރު، އަހުމަދު ލަތީފު އަދި މޭޖާ (ރޓ) ތޮލްހަތު ހަސަންއެވެ.

ދީދީއަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ކަމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ސިފައިންގެއަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން 1988ގެ ނޮވެމްބަރު 3ގައި ދިވެހިންތަކަކާ ގުޅިގެން ތަމަޅައިން މާލެ އަރައި ދިން ހަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް ދީދީ ވަނީ އިސްކޮށް މަސައްކަތް ކުރައްވައިފައެވެ.

ނޮވެމްބަރު 3ގައި ތަމަޅައިން ދިން ހަމަލާގައި ސިފައިންގެއިން ވަޒަން ހުސްވަމުން ދަނިކޮށް ސިފައިންގެ ބަޑި ގުދަނުގެ ތަޅުދަނޑި އޮތް ކިނބިގަސްދޮށުގެއިން ތަޅުދަނޑި ސިފައިންގެއަށް ގެންގޮސްދެއްވީ ވެސް ދީދީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ ބޯޑަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރްގެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވަނީ އައްޔަން ކުރައްވައިފައެވެ.

Ads by HDC
  1. ދައުލަތުގެ ކުންފުނިތަކުގައި ހާދަ ގިނަ މަޤާމުތަކެއްތާ މުސާރަދެނީ ހަމަ ބިލަށް އެބައިވެސް އިތުރު ކޮށްގެން ރައްޔިތުންގެ ޖީބުން ދޭގޮތަށް ތޯ ؟