ޑީއާރްޕީ އަށް ސޮއި ކުރުމާއެކު ޖާބިރާއި މޭނާ ހައްސާނުގެ ފަރި ނެށުމެއް

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނު ޑީއާރްޕީ އަށް ސޮއިކޮށްފިއެވެ.
ހައްސާނު ޑީއާރްޕީ އަށް ސޮއި ކުރިކަން، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް ވަނީ އިއުލާނު ކުރައްވާފައެވެ.
ޓްވިޓަރ މެދުވެރިކޮށް ޖާބިރު މިކަން އިއުލާނު ކޮށްފައިވާއިރު، ޑީއާރްޕީ އަށް ސޮއިކޮށް ނިމިގެން ޖާބިރާއި ހައްސާނު ވަނީ ހައްސާނުގެ ލަވައަކަށް ނަށްޓަވާ ވީޑިއޯ އެއް ވެސް އެޓްވީޓުގައި ހިމަނާފައިވެއެވެ.
ޖާބިރާއި ހައްސާނު ނަށްޓަވާފައިވަނީ "ވަގުތު ނެތޭ" މިލަވައަށެވެ.
ހައްސާނަކީ އެތަކެއް އަހަރުތަކެއް ވަންދެން ދިވެހި މިޔުޒިކީ ދާއިރާގައި ޚިދުމަތް ކޮށްފައިވާ ފަރާތެކެވެ. ހަމަ އެހެންމެ އޭނާވަނީ އެތަކެއް ފަހަރެއް މަތިން މީގެ ކުރިން ލަވަކިޔުން ހުއްޓާވެސް ލާފައެވެ