Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޝަހީމަށް މަދީނާ ޔުނިވަސިޓީގެ އިސް ދަރިވަރުންގެ ޝަރަފްވެރި އެވޯޑު

ޝަހީމަށް މަދީނާ ޔުނިވަސިޓީގެ އިސް ދަރިވަރުންގެ ޝަރަފްވެރި އެވޯޑު
މަދީނާ އިސްލާމިކް ޔުނިވަސިޓީގެ އިސް ދަރިވަރުންނަށް ދޭ އެންމެ ޝަރަފްވެރި އެވޯޑް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފިއެވެ. މަދީނާ އިސްލާމިކް ޔުނިވަސިޓީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝަހީމަށް އެވޯޑް ހަވާލު ކޮށްދެއްވީ މަދީނާގެ އަމީރު އަދި ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދަރިކަލުން ފައިސަލް ބިން ސަލްމާންއެވެ.

މި އެވޯޑާ އެކު، އިނާމުގެ ގޮތުގައި 50،000 ރިޔާލް (204,643 ރުފިޔާ) ވެސް ޝަހީމަށް ލިބިވަޑައިގަތެވެ.

މިއީ މަދީނާ އިސްލާމިކް ޔުނިވަސިޓީން ކިޔެވި ދަރިވަރުންގެ ތެރެއިން، ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކުރެވޭ މަސައްކަތްތަކެއްކޮށް، އިޖްތިމާއީ ގޮތުންނާއި އެކި ގޮތްގޮތުން ހިދުމަތް ކުރައްވާ ބޭފުޅުންނަށް ދޭ އެވޯޑެކެވެ.

އެވޯޑާ ހަވާލުވެވަޑައިގަތުމަށް ޝަހީމް މަދީނާއަށް ކުރައްވާ މި ދަތުރުފުޅުގައި މަދީނާ އިސްލާމިކް ޔުނިވަސިޓީގެ 58ވަނަ ދަސްވެނިވުމުގެ ހަފްލާގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް