Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

1.6 ބިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން ނަގައިފި

1.6 ބިލިއަން ރުފިޔާގެ ލޯނެއް  ސަރުކާރުން ނަގައިފި

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅުގައި ގާއިމްކުރުމަށް އެ ފަޅުގެ ބައެއް ހިއްކުމަށް 101 މިލިއަން ޔޫރޯ (1.6 ބިލިއަން ރުފިޔާ)ގެ ލޯނެއް ނެގުމަށް ޔޫރަޕްގެ ބޭންކްތަކަކާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

އޭބީއެން އެމްރޯ ބޭންކާއި ޔޫރަޕިއަން އެކްސްޕޯޓް ޓްރޭޑް ބޭންކް އަދި އައިއެންޖީ ބޭންކާ އެކު އެ ލޯނު ނެގުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އެ ހަފްލާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަތެވެ.

Advertisement
Allied — Dhen Online (box)

ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތާއި ލޯނުގެ އިންޓްރެސްޓް ރޭޓާ ގުޅޭ މައުލޫމާތު ފިނޭންސުން އަދި ހާމައެއް ނުކުރެއެވެ.

މި ސަރުކާރުން މިހައިތަނަށް ވަނީ 38 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފައެވެ. އެއީ ލޯނުގެ ގޮޮތުގައި 37 ބިލިއަން ރުފިޔާއާއި ސޮވެރިން ގެރެންޓީގެ ގޮތުގައި ނެގި 1.1 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފައިވެއެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. ނަމަވެސް އަހަރު ދެބައި ނުވަނީސް ދައުލަތުގެ ދަރަނި މިހާރު ވަނީ 99 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް