Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސަފާރީއެއްގައި ރޯވެ އަނދައި އަޑިއަށް ހިނގައްޖެ

ސަފާރީއެއްގައި ރޯވެ އަނދައި އަޑިއަށް ހިނގައްޖެ
ނުވަ މީހުންނާ އެކު ދަތުރު ކުރަމުންދިޔަ ސަފާރީއެއްގައި ރޯވެ އަޑިއަށް ހިނގައްޖެއެވެ. އެމްއެންޑީއެފުން ބުނީ ކ. ގާފަރާއި ދިމާ 13 މޭލު ހުޅަނގުން 9 މީހުންނާއި އެކު ދަތުރު ކުރި "އަވި" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެ އަނދަމުން ދާކަމުގެ މައުލޫމާތު މިރޭ 22:51 ހައިއިރު ލިބިފައިވާ ކަމަށެވެ. ސަފަރީގައި އަލިފާން ރޯވިއިރު ތިބީ ހަ ފަޅުވެރީންނާއި ތިން ފަތުރުވެރީން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި އެންމެން ވެސް ސަފާރީގެ ޑައިވިންގް ދޯނީގައި ހެޔޮ ހާލުގައި ތިބިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އަދި މިއެންމެން ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާ އެކު ކ. ގާފަރަށް ގެންދިއުމަށް ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
[caption id="attachment_99383" align="aligncenter" width="1170"] އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުނު އިރު ސަފާރީ އޮތް ސަރަހައްދު[/caption]
އެމްއެންޑީއެފުން ބުނީ ރޯވި ސަފާރީ މިހާރު އެއްކޮށް އަޑިޔަށް ގޮސްފައިވާ ކަމަށާއި ކޯސްޓްގާޑު ހާބަރކްރާފްޓާއި ފަޔަރު ލޯންޗު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް