ޚަބަރު ސިޔާސީ

ވެރިކަން ބަދަލު ކުރާނީ ވޯޓުން: އާދަމް ޝަރީފް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

މި ވެރިކަން ބަދަލު ކުރާނީ ވޯޓުންކަމަށް އިދިކޮޅު ޕީ.އެން.ސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު އެމް.ޑީ.ޕީގެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އަދި ފިނޭންސް މިނިސްޓަރު އަމީރު ދެއްކެވި ވާހަކަތަކުގެ ތެރެއިން އިޤްތިޞާދީގެ ގޮތުން ދޮގު ވާހަކަ ފަތުރައިގެން ވެރިކަން ވައްޓައިލާން މަސައްކަތް ކުރާ މީހުންނަށް ރައީސް ނަޝީދު އެއްބާރުލުން ނުދެއްވުމަށް ފައްޔާޒް ވަނީ އެދިވަޑައިގެންފައެވެ. ވެރިކަން ވައްޓައިލާން މަސައްކަތް ކުރާ މީހުންގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނެވެ.

މިކަމާ ގުޅޭ ޚަބަރެއް ޓުވިޓާގައި ޝެއަރކުރައްވައި މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ސްކޫލްތައް ރަހުނުކޮށް، ލޯނު ނަގައިގެން ރިކަރަންޓް ޚަރަދުތައް ކުރުމާ ކުންފުނިތައް ބަނގުރޫޓުވާ އިރު ވެސް ބޭކާރު ދަތުރުތައް ކުންފުނިތަކުން ކުރާ ވާހަކަ ދެއްކުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި ވެރިކަން ބަދަލު ކުރާނީ ވޯޓުން ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތުގެ ދަށަށް ގޮސް ގައުމު ބަނގުރޫޓު ވެދާނެކަަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާހަގަކުރައްވަމުންނެވެ. އަދި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އެތައް ފަހަރަކު މި މޭރުމުން ވާހަކަ ދައްކަވައިފައެވެ. އެހެން ނަމަވެސް، ސަރުކާރުން އަންނަނީ މިކަން ދޮގުކޮށް އެ ހާލަތަށް ނުދާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Ads by Ooredoo
  1. ޔާމިން

    ބޭބޭތިކަންހިއެއްނުވޭމިފަހަރުގަވެސްވެދާނެހެނެއެއީރައްޔަތުބޭނުމެއްނުވޭވަގުބާގަޑަކަށްދެވަނަފަހަރުމިގައުމުގެވެރިކަންހަވާލުކުރާކަށް