ޕީޖީ ޝަމީމްގެ ޖިނާއީ ތަހުގީގެއް ނުހިންގަން: ފުލުހުން

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ މައްޗަށް ޖިނާއީ ތުހަމަތެއްގައި އެއްވެސް ތަހުގީގެއް ހިންގަމުން ނުދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަަތުން ހާމަކޮށްފިއެވެ.
ފުލުހުން މިހެން ވިދާޅުވީ ޝަމީމަށް ތުހުމަތުކޮށް، ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހަށް ބަޔަކު ހުށަހަޅާފައިވާ ކަމަށް ބުނެ އަޑު ފެތުރުމުންނެވެ. މިދިޔަ ހަފްތާގައި އެ ވާހަކަ ފެތުރުނަސް ފުލުހުން މިހައިތަނަށް އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަވައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަމީމްގެ މައްޗަށް އެއްވެސް ޖިނާއީ ތުހުމަތެއްގެ ތަހުގީގު ހިންގަމުން ނުދާކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވައެވެ.






ކޮމެންޓް