ޚަބަރު

ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް "ތިކި"އިން މާވަށުގައި ހަރަކާތްތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ތިކި އިން އިންތިޒާމް ކުރި މައުލޫމާތު ދިނުމުގެ ސެޝަނުގެ ތެރެއިން

ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ލ.މާވަށުގައި ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

Ads by Hajj Corporation

މި ހަރަކާތްތައް އިންތިޒާމް ކުރީ ލޭ ހަދިޔާ ކުރާ އެޕްލިކޭޝަނެއް ކަމަށްވާ "ތިކި"އިންނެވެ. މި ހަރަކާތް ހިންގައިފައި ވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލް، ލ.މާވަށު ޕޮލިސް އަދި މޯލްޑިވިއަން ތެލަސީމިއަރ ސޮސައިޓީ ގުޅިގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް މިހަރަކާތާ ގުޅޭ ގޮތުން “ދެން”އަށް މަޢުލޫމާތު ދެއްވަމުން ތިކިގެ ފައުންޑަރ އަޙްމަދު އަނަސް ޙަބީބް ވިދާޅުވީ މި ހަރާކާތުގެ ތެރެއިން ލ.މާވަށު ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ތެލަސީމިއަރ ސްކްރީނިންގއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފައިވާ ކަމަށެވެ. އެ ސެޝަނުގެ ތެރެއިން ތެލަސީމިއާ ސްކްރީނިންގ ޓެސްޓް ވަނީ ހަދައިދީފައެވެ.

“މާވަށު ސްކޫލުގެ ގްރޭޑް 7، 8 އަދި 10 ގެ ދަރިވަރުންނަށް ތެލަސީމިއަރ އަދި ތެލަސީމިއަރ ސްކްރީނިންގެ ގެ މުހިންމުކަމާ ގުޅޭ ގޮތުން މަޢޫލޫމާތު ސެޝަނެއް އަޅުގަނޑުމެން ނަގައިދިނީ. 50 ކުދިން ސެޝަންގައި ބައިވިރިވިއިރު 46 ވަނީ އެ ސެޝަން ތެރެއިން ތެލަސީމިއަރ ސްކްރީނިންގެ ޓެސްޓް ހަދާފައި” އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން އަނަސް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން “ލާމު ބަތަލުން”ގެ ނަމުގައި ބްލަޑް ކޭމްޕެއް ވެސް ބާއްވައިފައިވާ ކަމަށެވެ. އަދި މި ބްލަޑް ކޭމްޕުގައި ފަސް މީހަކު ލޭ ހަދިޔާކުރި ކަމަށާއި، ބްލަޑް ކޭމްޕުން ލިބުނު ލޭ ވަނީ މޯލްޑވްސް ބްލަޑް ސާރވިސަސްއަށް ހަދިޔާކޮށްފައި ކަމަށެވެ.

މި ހަކަރާތް ކުރިޔަށް ގެންގޮސްފައި ވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަން، މޯލްޑިވްސް ބްލަޑް ސާރވިސަސް، ޝަބްނަމީ ހޯލްޑިންގް އަދި ކިލަމް ޓްރޭޑާސްގެ އެހީތެރިކަމާ އެކުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!