Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަޕްލައި ޗެއިން މެނޭޖްމަންޓްގެ އީ-އައިޓެކް ޓްރެއިނިން ކުރިޔަށް ގެންގޮސްފި

ސަޕްލައި ޗެއިން މެނޭޖްމަންޓްގެ އީ-އައިޓެކް ޓްރެއިނިން ކުރިޔަށް ގެންގޮސްފި

"ސަޕްލައި ޗެއިން މެނޭޖްމަންޓް"ގެ އީ-އައިޓެކް ޓްރެއިނިންގެ 5 ދުވަހުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

މިނިސްޓަރީ އޮފް ހެލްތްގެ ފަރާތުން 20އަށް ވުރެ ގިނަ ހެލްތް އޮފިޝަލުންނާއި، އެޑްމިނިސްޓްރޭޓަރުން އަދި ހެލްތް ކެއަރ ތަޖުރިބާކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ މި ޓްރެއިނިންގައި ބައިވެރިވެފައެވެ. މި ޓްރެއިނިންގް އިންތިޒާމްކުރެވިފައި ވަނީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޫޕްރޭޝަންނުގެ (އައި.ޓީ.އީ.ސީ) ޕްރޮގްރާމްގެ ތެރެއިންނެވެ. އަދި ހިންގިފައި ވަނީ ޗަންދީގަރގެ އިންޓަރނޭޝަނަލް ޕަބްލިކް ހެލްތް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕްރޮގަރާމްގެ ދަށުން ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރިސާރޗް (ޕީ.ޖީ.އެމް.އީ.އާރ)ގައެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ ރާއްޖޭގެ އޮފިޝަލުންނާއި މެޑިކަލް އިކުއިޕްމަންޓް އަދި ކޮންސިއުމަބަލްސް ފަދަ ތަކެތީގެ ޕަބްލިކް ޕްރޮކިއުމްންޓް އަދި ސަޕްލައި ޗެއިން މެނޭޖްމަންޓް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އޮފިޝަލުންނާއި، އެޑްމިނިސްޓްރޭޓަރުން އަދި ހެލްތް ކެއަރ ތަޖުރިބާކާރުންގެ ފަންނުތަށް ކުރިއަރުވައި، މަޢްލޫމާތު އަދި ތަޖުރިބާ އިތުރުކުރުމެވެ. މި  ތަމްރީން  ބިނާވެފައި ވަނީ  ޕްރިންސިޕަލް  އޮފް ޕަރޗެސް ޕްރޮސީޖަރސްއާއި ޚާއްސަވެފައިވާ ދާއިރާތަކުގެ ކުރިއެރުވުމަށާއި ރެކްރޫޓްމަންޓް އެންޑް ސިލެކްޝަން އޮފް ވެންޑަރސްއަށް ތައްޔާރުވުމުގައި ބަލަން ޖެހޭ އުސޫލްތަކުގެ މައްޗަށާއި، ތަކެތީގެ ޑިސްޓްރިބިއުޝަން، ސްޓޮރޭޖް އަދި ޑެލިވަރީ، ކުށްވެރިކުރުމުގެ އުސޫލްތަކާއި ކޮލިޓީ ދެމެހެއްޓުމުގެ ސިފަތަކާއި، ޝަރުއީ ސިފަތަކާއި  އެތިކް  އަދި އޮޑިޓް ފަދަ ކަންކަމުގެ މައްޗަށެވެ.

Advertisement
Allied — Dhen Online (box)

މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާގެ ޕްރޮކިއުމަންޓް ނިޒާމް ބެލެހެއްޓުމުގައި އެހީއެއްކަމުގައިވެ، ރަށްރަށުގެ މެދުގައި ސަޕްލައި ޗެއިންގެ ބޭނުންތެރިކަން އޭގެ އެންމެ ފަސޭހަގޮތުގައި  ބޭނުންކުރުމަށް މަގުފަހިވެގެން ދާނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް