ޚަބަރު

އެން.އައި.ސީގައި އައިޖީއެމްއެޗްގެ ޑޮކްޓަރުން ބައިވެރިވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ކާޑިއޮލޮޖިކަލް ސޮސައިޓީ (ސީ.އެސް.އައި)އިން ބާއްވާ އެންމެ ބޮޑު އިންޓަވެންޝަނަލް ކާޑިއޮލޮޖީ ބައްދަލުވުން ކަމުގައިވާ ނޭޝަނަލް އިންޓަވެންޝަނަލް ކައުންސިލް (އެން.އައި.ސީ) މިޑްޓާމް މީޓިންގގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ލިބިއްޖެއެވެ.

Ads by MWSC

އެކި ގައުމުތަކުން 500އަށް ވުރެ ގިނަ މާހިރުން ބައިވެރިވެވަޑައިގެން އެކި ކޭސްތައް ހުށަހަޅުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ބައިވެރިވާނީ އައި.ޖީ.އެމް.އެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ޤައުމީ މަރުކަޒުގެ ޑޮކްޓަރުންނެވެ.

މި ބައްދަލުވުން ކުރިޔަށް ދާނީ އިންޑިއާގެ އަހްމަދުއާބާދުގައި މި ޖޫންމަހުގެ 17އިން 19އަށެވެ.

މި އަހަރުގެ ބައްދަލުވުމުގައި ތިރީގައި މިދަންނަވާ މަޢުޟޫއުތަކަށް އަލިއަޅުވައިލެވޭނެއެވެ.

- ކޮރޯނަރީ އިންޓަވެންޝަން

- ޕެރިފަރަލް އަދި އަޔޯޓިކް އިންޓަވެންޝަން

- ކޮންޖެނިޓަލް އިންޓަވެންޝަން

- ސްޓްރަކްޗަރަލް ހާރޓް ޑިޒީސް

- އެލެކްޓްރޯފިޒިއޮލޮޖީ

- ނިއުރޯ އިންޓަވެންޝަން

- އިނޮވޭޝަން އިން ކާޑިއޮލޮޖީ

ނޭޝަނަލް އިންޓަވެންޝަނަލް ކައުންސިލް (އެން.އައި.ސީ)ގެ ފަރާތުން ލިބިފައިވާ ދައުވަތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެލައްވާނީ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ. އަލީ ޝަފީގުއާއި އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްއާ އެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން މި ހޮސްޕިޓަލުގެ ނެޝަނަލް ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރައްވަމުންދާ މެޑިޓްރީނާ ހޮސްޕޓަލުގެ ޑރ. އިމާދު ޝައިބާންއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!