ޚަބަރު

ގޭގެ ފުރާޅު ކުއްޔަށް ދީގެން އާއްމުދަނީ ހޯދޭނެ ޕްރޮގްރާމެއް ސްޓެލްކޯއިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްޓެލްކޯއިން ކުރިއަށް ގެންދާ ސޯލަރޕެނަލް ހަރުކޮށްދިނުމުގެ ޕްރޮގްރާމް "އަވިކަތަ" ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް އިފްތިތާހްކޮށްދެއްވައިފިއެވެ.

ސްޓެލްކޯއިން އަލަށް އެކުލަވައިލި "އަވިކަތަ" ޕްރޮގްރާމާއެކު ސޯލަރ ޕެނަލް ހަރުކުރަން ގޭގެ ފުރާޅު ކުއްޔަށް ދީގެން ފަސޭހަކަމާ އެކު އާމްދަނީ ހޯދޭނެ މަގު މިހާރު ވަނީ ހުޅުވާލައިފައެވެ.

މި ސްކީމްގައި ބައިވެރިވުމަށް ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި ފުރާޅުގައި މަދުވެގެން 100 އަކަފޫޓް ހުންނަން ޖެހޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި ފުރާޅަށް ފަސޭހައިން އަވި ލިބުމާއި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުންނަށް ޖެހޭނެކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ މި ޕްރޮގްރާމްގައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބައިވެރިވެވޭނެކަމަށާއި ފޯމް ހުށައަޅާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން ބެލުމަށް ފަހު ލޮކޭޝަން ދިރާސާކޮށް އެކަމަށް ހުށައަޅާ ފަރާތާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށެވެ.

އެއަށް ފަހު ސޯލަރ ޕެނަލް ހަރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކުރިއަށް ގެންދާނެކަމަށާއި ކުލީގެ ފައިސާ ކޮންމެ މަހަކު ވެސް ކަނޑައަޅައިފައިވާ ބޭންކް އެކައުންޓަށް ޖަމާކުރާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މި ސްކީމްގައި ބައިވެރިވާ ފަރާތްތަކަށް ސޯލަރ ޕެނަލް ހަރުކޮށް މަރާމާތުކުރަން ޚަރަދުކުރާކަށް ނުޖެހޭނެއެވެ.

  1. ބޮޑުއަލީ

    ކުލި ކިހާވަރެއްތޯ