ޚަބަރު

ދިޔައީ ފަތިސް ނަމާދުކޮށްގެން ކަސްރަތު ކުރަން، ހަމަނުޖެހުން ހިންގީ ސިޔާސީ ބޭނުމަކަށް: މަޙްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގައި ފާހަގަ ކުރާ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއެޅުމަށް ހިންގި ހަމަނުޖެހުމަކީ ދީނީ ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ މަޤްސަދެއް ހާސިލްކުރަން ކުރި ކަމެއް ކަމަށް ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ހެނދުނު ގަލޮޅު ދަނޑުގައި އެ ހަރަކާތް ކުރިޔަށް ދަނިކޮށް، ބަޔަކު ދަނޑަށް ވަދެގަނެ، ހަމަނުޖެހުން ވަނީ ހިންގައިފައެވެ.

މިކަމާ ގުޅިގެން "ރާއްޖެޓީވީ"އަށް މަޙްލޫފް ވިދާޅުވީ، އެތަނަށް ވަދެގަތް މީހުން އައިސް މީހުންގެ ގައިގައި ކޮޅުފައިން ޖަހައި ފެންފުޅިން ވެސް ހަމަލާދީފައިވާ ކަމަށެވެ. އަދި މިގޮތަށް ހަމަލާދިނުމުގައި ޑިޕްލޮމެޓުންނާއި، ހަރު އުމުރުފުރައިގެ މީހުންނަށް ވެސް ނުބަލާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ތަނުގައި ހުރި އަގުބޮޑު ތަކެއްޗަށް ހަމަލާދިން ކަމަށާއި ރާއްޖޭގެ ދިދަ ވެސް ދަނޑިން އުފުރައި ބިންމައްޗަށް ވައްޓާލި ކަމަށް ވިދާޅުވިއެވެ.

"މީ ވަރަށް ދެރަކޮށް، ވަރަށް ގޯސްކޮށް ކުރި ކަމެއް ކަމެއް. މިތަނަށް އައިސް މީހުންނަށް ހަމަލާދީ، އަގުބޮޑު މުދަލަށް ހަމަލާދީ. އެއްވެސް ހާލެއްގައި މިތަނުގައި މި ހިންގީ ދީނީ ކަމެއް ނޫން. އަޅުގަނޑުމެން ވެސް މިއައީ ފަތިސް ނަމާދުކޮށްގެން ކަސްރަތެއް ކުރަން" މަޙްލޫފް ވިދާޅުވީ، މިއަދުގެ ހަރަކާތައް ހުރަސް އަޅައިފައިވަނީ ދީނާ ޚިލާފު ކަމެއް ކުރާތީއެއް ނޫން ކަމަށެވެ.

މަޙްލޫފް ވިދާޅުވީ، ރާއްޖޭގައި އަބަދުވެސް ކުރާ ޔޯގާ ހަރަކާތްތައް ހިންގާ ކަމަށާއި އެތައް ކްލާސްތަކެއް ހިންގާ ކަމަށެވެ. އަދި ކުއްލިއަކަށް މިއަދު މިކަން ގޯސްވުމުން މިއީ ސިޔާސީ ކަމެއްކަން އެނގޭ ކަމަށް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ، މިއަދުގެ ހަރަކާތަށް 150އެއްހައި މީހުން ބައިވެރިވި ކަމަށާއި އެތަނަށް އެ މީހުން ދިޔައީ އަޅުކަމެއް ކުރަން ނޫން ކަމަށެވެ. އަދި ޔޯގާއަކީ ކަސްރަތެއް ކަމަށާއި މިއަދުގެ ހަރަކާތް ފެށީ ވެސް ޤުރުއާނުގެ ބަރަކާތުން ކަމަށް މަޙްލޫފް ފާހަގަ ކުރެއްވިއެވެ.

  1. ސަންފަ

    ކުރީގަ މީހުނަކަށް ނޭނގޭ ޔޯގާއަކީ ކޮންފަދަ ކަމެއް ކަމެއްވެސް. ކުރިއާ ބަލާފަ މިހާރު މީހުންގެ ހޭލުންތެތތކަން ވަނީ އޮތުރު ވެފަ . ޢަޅުކަމެއްގެ ގޮތުގަ ކުރާކަމެއް ނޫން ނަމަ ކީއްކުރަންބާ ފުރަތަމަ އާރޓިފިޝަލް ބީޗްގަ ކުރަން ނިންމީ އެއީ އެކަން ކުރަން ޖެހެނީ އިރުއަރާ ވަގުތު އިރަށް ކުރިމަތި ލައިގެން ތިބެ ކަމަަށްވާތީ އަދި ހަމަ އިރުއަރާ ވަގުތު ކީއްކުރަންބާ އިރަށް ކުރިމަތި ލައިގެންވެސް ތިބެންވީ

  2. ހުސެން

    މަހުލޫފު ބުނަން ވާހަކަ އެއް ނިމިގެން މިދިއައާ ޕައްޕާން ގެ ދުވަސް ކީވެތަ ފާހަގަ ނުކުރި ފަތިސް ނަމާދު ކޮއްގެން އައަސް..

  3. ފަތިސް ނަމާދު ކޮށްގެން ގޮސް ޝިރުކުގެ އަމަލު ތަކުގައި ބައިވެރިވާން ޖެހޭތޯ އިއްޒައްތެރި މިނިސްޓާރ ؟

  4. އާއްސެ

    ފިރިހއންް ކުޅ ކުޅޭކަށ ނުންތ ދިޔައީ

  5. ފަތިސް ނަމާދު ކޮށްގެން ގޮސް ދީނަށްއުރެދެން ވީކީނޫނެވެ

  6. ފަތިސް ނަމާދު ކޮށްގެން ގޮސް ޝިރުކުގެ އަމަލު ތަކުގައި ބައިވެރިވާން ޖެހޭތޯ؟ އިއްޒައްތެރި ވަޒީރު ހުވަޔާއި ހިލާފް ވާންޖެހޭތޯ އިސްލާމް ދީނަ ހުރުމަތްތެރިކޮށް ހިތަން ހިނިސްޓާރ ހުވާކުރި ނުންތޯ ؟

  7. ފަތިސް

    އާންބާރާގަވެސް ބަޔަކު ތިބީ ފަތިސް ކޮށްގެންނޯ.

  8. ލާހި

    ސުއްނަތުގައި އޮންނައި ފަތިސް ނަމާދު ކޮށްގެން އިރު އަރަންދެން ޒިކުރުކުރަން ، ކަސްރަތޭ ކިޔާއިގެން ގޯސް ޢަމަލުތައް ކުރާކަށެއް ނޯވޭ !