ދީނީ އިލްމުވެރިންނަކީ ވެސް ދިވެހި ރައްޔިތުން، އަދުލުވެރިވުމަށް އިލްތިމާސްކުރަން: ޑރ. ވަޙީދު

ދީނީ އިލްމުވެރިންނާ މެދު އަދުލުވެރިކޮށް އަމަލުކުރެއްވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް ވަޙީދު މިހެން ވިދާޅުވެފައި ވަނީ، ޔޯގާ ހަރަކާތަށް ހުރަސްއެޅި މައްސަލައާ ގުޅިގެން ދެ ދީނީ އިލްމުވެރިޔަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހައްޔަރުކޮށްފައި ވަނީ، އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދެވެ. މި ދެ އިލްމުވެރިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ އިލްމުވެރިންގެ ބަންދަށް ހަތް ދުވަސް ދީފައެވެ. އަދި ދެ އިލްމުވެރިންގެ ފަތުވާ ދިނުމުގެ ހުއްދަ ވަނީ ސަސްޕެންޑްކޮށްފައެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ވަޙީދު ވިދާޅުވީ، ޅުވީ ދީނީ އިލްމުވެރިންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށެވެ. އެހެންކަމުން ގާނޫނާ އެއްގޮތަށް އަދުލުވެރިކަމާ އެކު އެ ބޭފުޅުންނާ މެދު އަމަލުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ
ރައީސް ވަހީދުގެ ޓްވީޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި، ފުލުހުންގެ އިދާރާ އަދި ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓް ވަނީ ޓެގް ކުރައްވައިފައެވެ.







ކޮމެންޓް