Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބަނގްލަދޭޝްގައި ފެންބޮޑުވެ، 3.5 މިލިޔަން ކުޑަކުދިން ސާފު ބޯފެނަށް ޖެހިއްޖެ

ބަނގްލަދޭޝްގައި ފެންބޮޑުވެ، 3.5 މިލިޔަން ކުޑަކުދިން ސާފު ބޯފެނަށް ޖެހިއްޖެ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަނގްލަދޭޝްގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާއިރު، އެ ސަރަޙައްދުތަކުގައި ސާފު ބޯފެނަށް ޖެހިފައިވާ ކުޑަކުދިންގެ އަދަދު 3.5 މިލިޔަނަށް އަރައިފައިވާ ކަމުގައި ޔުނިސެފުން ބުނެފިއެވެ.

ފެން ބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ފަރުބަދަމަތީ ސަރަޙައްދެއް ކަމުގައިވާ ސިލެޓަށެވެ. ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުގައި ގެނބިގެން މަރުވި ކުޑަކުދިންގެ އަދަދު ވަނީ 15އަށް އަރައިފައެވެ.

ބަނގްލަދޭޝްގައި ހުންނަ ޔުނިސެފުގެ އޮފީހުގެ އޮފިޝަލެއް ކަމުގައިވާ ޝެލްޑަން ޔެޓް ވިދާޅުވީ، ގިނަ ސަރަޙައްދުތަކަކުން ސާފު ބޯފެނާއި ކާބޯތަކެތި ހުސްވެފައިވާ ކަމުގައެވެ. އެ ސަރަޙައްދަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ސަރުކާރާއި އެހީދޭ ޖަމުޢިއްޔާތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement
Allied — Dhen Online (box)

ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ސްކޫލުތައް ވެސް ވަނީ ބަންދުކޮށްފައެވެ. މި ކަމާ ގުޅިގެން، ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކުދިންނަށް އެހީތެރިވުމަށް ހިންގަމުން ދިޔަ ޕުރޮގުރާމުތައް ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމުގައި ޔެޓް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ސަރަޙައްދުތަކުގައި ބޭރަށް ހިންގުން ފަދަ ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައް ވަނީ ޢާންމުވާން ފަށައިފައެވެ. ބޭރަށް ހިންގާތީ މިހާރު ވެސް 2,700އަށް ވުރެ ގިނަ މީހުން ރިޕޯޓު ކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް