Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަރަހަނާ ހާލުގައި މަސާޖުކުރާ ވީޑިއޯއިން ފެންނަނީ ފަލާޙެއް ނޫން، ކުރީގެ ކެބިން ކްރޫއެއް

ބަރަހަނާ ހާލުގައި މަސާޖުކުރާ ވީޑިއޯއިން ފެންނަނީ ފަލާޙެއް ނޫން، ކުރީގެ ކެބިން ކްރޫއެއް

ބަރަހަނާ ހާލުގައި މަސާޖު ކުރާތަން ފެންނަ، މިހާރު ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހް ނޫންކަން އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަލާޙްކަމަށް ބުނެ މިހާރު ދައުރުކުރަމުން އަންނަ ވީޑިއޯއަކީ މީގެ ތަންކޮޅެއް ކުރިން ލީކްވެފައިވާ ވީޑިއޯއެކެވެ. އަދި ވީޑިއޯއިން ފެންނަނީ ކުރިން ކެބިން ކްރޫއަކަށް މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އަދި އެ މީހާއަކީ އަގަށް ފިރިހެނުންނަށް މިގޮތަށް މަސާޖްކޮށްދޭ މީހެއް ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ވީޑިއޯގައި ފެންނަނީ ފަލާޙްކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެ ވާހަކަތައް ފަލާޙް މީގެ ކުރިން ދޮގުކޮށް ވިދާޅުވީ، އެ މީޑިއާތަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

މީގެ ކުރިން މަޖިލިސް މެންބަރު އަނދުން ހުސެއިންއާއި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ކަމަށް ބުނާ ދެ މީހެއްގެ ބަރަހަނާ ފޮޓޯތަކެއް ވަނީ ލީކްވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް