Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޝަހީމްގެ އެދުމެއް: ލިވާތުން ޤައުމު ސަލާމަތްކޮށްދެއްވާތޯ ޙައްޖުވެރިން ދުއާކޮށްދެއްވާ

ޝަހީމްގެ އެދުމެއް: ލިވާތުން ޤައުމު ސަލާމަތްކޮށްދެއްވާތޯ ޙައްޖުވެރިން ދުއާކޮށްދެއްވާ

ލިވާތުކުރާ މީހުންނާއި އެ މީހުންނަށް އެހީވާ މީހުންގެ ކިބައިން ރާއްޖެ ސަލާމަތްކޮށްދޭން އެދި އަރަފާތު ބިމުގައި ދިވެހި ހައްޖުވެރިން ދުއާކޮށް ދޭން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޝަހީމް އަލީ ސައީދު އެދިލައްވައިފިއެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ފޮޓޯތައް އާއްމުވަމުން އަންނަ މި ދަނޑިވަަޅުގައި، ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ އަމަލުތަކުން ޤައުމު ސަލާމަތްކޮށްދިނުމަށް ދުއާ ކޮށްދިނުން އެދޭ ކަމަށެވެ.

"ލިވާތު ބާގައިގެ މީހުންނާއި އެއުރެންނަށް އެހީވާ މީހުންގެ ކިބައިން މި ޤައުމު ސަލާމަތް ކޮށްދެއްވުމަށް އެދި އަރަފާތް ދުވަހު ދިވެހި އެންމެހައި ޙައްޖާޖީން ދުއާކޮށްދެއްވުން އެދެން." ޑރ. ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއިން ފުރި ޚަބަރު ހިއްސާ ކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، ހައްޖުވެރިންނަށް އަމާން ދަތުރަކަށް އެދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް