ޚަބަރު

ސިޔާސީ ބޭނުމަށް ދަރިންނާ ބެހުން ހުއްޓައިލާން ޖެހޭ: މާރިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިޔާސީ ސަބަބަކަށް ޓަކައި ނުވަތަ ސިޔާސީ ބޭނުމަށް ދަރިންނާ ބެހުން ހުއްޓައިލާން ޖެހޭ ކަމަށް ވިދާޅުވެ. ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ދަރިފުޅުކަމަށް ބުނާ ޖިންސީ ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ އޭނާގެ ދަރިފުޅު ނޫން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫސް "ދިޔަރެސް"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްޑީ އަލާމްގިރި ނަމަކަށް ކިޔާ ބަނގްލަދޭޝް މީހަކާ އެކު މާރިޔާގެ ދަރިފުޅު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ވީޑިއޯއެއް ވަނީ އެ ނޫހުގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އަދި އެ މީހާއަކީ ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުކަމަށް ބުނާ މީހާއާ އެކީ ޖިންސީ ގުޅުން ހިންގި މީހާ ކަމަށާއި އެކަން ކޮށްފައި ވަނީ ހަމަ އެ ކޮޓަރީގައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ނޫހުން މާރިޔާއާ ކުރި ސުވާލު ކުރުމުން މާރިޔާ ވިދާޅުވީ، އެފަދަ ވީޑިއޯއެއް ނޫޅޭ ކަމަށާއި ބްލެކް މެއިލް ނުކުރާ ކަމަށެވެ. ނަމަވެސް އެ ނޫހުން އެ ވާހަކަ ރިޕޯޓް ކުރުމުން ކަންބޮޑުވުން ފާޅު ކުރައްވާ މާރިޔާ ވިދާޅުވީ، ކޮންމެ ވާހަަކައެއްގެ ތެރެއަށް މާރިޔާގެ ދަރިން ވައްދައިގެން ހެޑްލައިން ހަދާ ކަމަށެވެ.

"ކޮންމެ ވާހަކައެއްގެ ތެރެއަށް އަޅުގަނޑުގެ ދަރިންނޭ ކިޔައިގެން ހެޑްލައިނެއް ހެދޭތޯ އެބަ ބަލާ. ސިޔާސީ ސަބަބަކަށް ޓަކައި ދަރިންނާ ބެހުން ހުއްޓައިލާން ޖެހޭ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މިއީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާ" ޗެޓްލޮގްގެ ސްކްރީންޝޮޓެއް ހިއްސާ ކުރައްވަމުން މާރިޔާ ވިދާޅުވިއެވެ.

  1. ޙުސައިން މޫނާބޭ

    ދަރިން ދިވެހި ޕާސްޕޯޓު ގެންގުޅޭނަމް އިސްލާމް ދީނުގައި ހުންނަންޖެހޭނީ ނޫނީ ޕާސް÷ޯޓު ދޫކޮށްލާ

  2. ލަކުޑިކަޅޭ

    ކަލޭގެދަރިޔަކީ ރަސޫލުބޭކަލެއްތަ ނުފޮށެންވީ ނުބެހެންވީ މާރިޔާބުނަން ކަލޭގެދަރިޔަކީ ފައްކާ ދަނޑިދަމާޅާއެއް

  3. ކިނބޫ

    އަލަމްގިރި، މާރިއާ ދަރިއާ ބެހުން ހުއްޓާލާ.