ޚަބަރު

ރޭ ފަތިހު ވިލިމާލޭގައި އަލިފާނުގެ ހާދިސާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިލިމާލޭގައި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by STELCO

އެމްއެންޑީއެފްއިން ވިދާޅުވީ ވިލިމާލޭގައި ހުންނަ "އިހުސާން ވިލި" ކިޔާ ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ވިލިމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ފަތިހު 05:25 ހައިއިރު އެ ތަނުގައި ރޯވި އަލިފާން ނިއްވައިލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެމުން ބުނެފައި ވަނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ފަތިހު 05:00ހައިއިރުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!