ޑރ އިޔާޒްގެ ހަމަލާއެއް ރައީސް ނަޝީދަށް: ދީނީ ކަންކަމުގައި ފަހުބަސް ބުނުމުގެ ޙައްޤު ނަޝީދަށް ލިބިގެން ނުވޭ

ދީނީ ކަންކަމުގައި ފަހު ބަސް ބުނުމުގެ ޤާނޫނީ އަދި ދީނީ ޙައްޤު ވެސް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެ، ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ނަޝީދަށް ބަހުގެ ހަމަލާއެއް ރައްދު ކުރައްވައިފިއެވެ.
އިޔާޒް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމްކަމެއް ކަމަށް ބުނާހައި ހިނދަކު ސަލާމަތުގެ އައްސޭރިއަށް ނުދެވޭނެކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
https://dhen.mv/155776
މިއަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް ފަހު ބަސް ބުނަން ވާނީ އެ ފަންނެއްގެ އަހުލުވެރިން ކަމަށެވެ.
އޭގެ ފަހުން ޑރ. އިޔާޒް ވަނީ އިސްލާމިކް މިނިސްޓްރީއަށް ވެސް ހަމަލާ ރައްދު ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، ރާއްޖޭގައި ހިނގާ މުންކަރާތްތައް މަނާކުރުމުގެ އިސް ފަރާތަކީ އިސްލާމިކް މިނިސްޓްރީކަމަށާއި ޔޯގާއޭ ކިޔައިގެން ހިންގި މުންކަރާތް ނުހުއްޓުވުމަކީ ޒިންމާ ފުރިހަމައަށް އަދާ ނުކުރުން ކަމަށެވެ.







ކޮމެންޓް