Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޞާލިޙަށް އޮތީ 5 އިންސައްތަ ވޯޓްގެ ލަދަކުން ސަލާމަތްވުމަށް ދެވަނަ ވިސްނުމަކަށް ދިއުން: މަލީޙް

ރައީސް ޞާލިޙަށް އޮތީ 5 އިންސައްތަ ވޯޓްގެ ލަދަކުން ސަލާމަތްވުމަށް ދެވަނަ ވިސްނުމަކަށް ދިއުން: މަލީޙް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ފަސް ޕަސެންޓްގެ ބޮޑު ލަދަކުން ސަލާމަތްވާން ބޭނުންވާ ނަމަ އިންތިޚާބަށް ވާދަކުރެއްވުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީޙް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ރޭ "ތައްޔާރު" ގެ ނަމުގައި ބޭއްވި ޖަލްސާގައި ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފައިވާތީ އެކަމާ ގުޅުވައިގެންނެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީން ވާދަކުރަން އިއުލާންކުރުމާ އެކު ރައީސް ޞާލިޙް ރިޔާސީ ދެވަނަ ދައުރުގެ ޓިކެޓް ބަލިކަށިވީ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ބޮޑަށް ބެލެވެނީ ފަސް ޕަސެންޓްގެ ލަދަކުން ސަލާމަތްވުމަށް ދެވަނަ ވިސްނުމަކާ ދިމާލަށް ދިއުން." މަލީހު ވިދާޅުވިއެވެ.

ޕީޕީއެމްގެ ކައުންސިލަށް ދާދިފަހުން ހޮވިވަޑައިގަތް މަލީޙް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް