Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ބަނގުރޫޓުވާތީ ހުށަހެޅި ދެވަނަ މައްސަލަ މައްސަލަ ވެސް ބޭރުކޮށްލައިފި

މޯލްޑިވިއަން ބަނގުރޫޓުވާތީ ހުށަހެޅި ދެވަނަ މައްސަލަ މައްސަލަ ވެސް ބޭރުކޮށްލައިފި

އައިލެންޑް އޭވިއޭޝަން ސާވިސް އަށް ކުރިމަތިވެފައިވާ މާލީ ހާލަތުގެ ސަބަބުން އެ ކުންފުނިން ހިންގާ މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވައިލާ ހުށަހެޅި ދެވަނަ ކުއްލި މައްސަލަ ވެސް ބަހުސް ކުރުމެެއް ނެތި، ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅައިފައި ވަނީ ވެސް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ. 

މި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި ބަލައިގަންނަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވެވިއެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ.

Advertisement
Allied Insurance — Square (box)

ކުރިން ހުށަހެޅި މައްސަލަ ފަދައިން، މި މައްސަލައިގައި ވެސް ވަނީ އައިލެންޑް އޭވިއޭޝަނަށް 2020ވަނަ އަހަރު 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވާ ކަމަށާއި މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް 159 މިލިއަން ރުފިޔާގެ ގެއްލުންވެ، ކުންފުނި މިއިން ޒަމާނަކު ވެސް ދަރަނިވެރި ނުވާވަރަށް ދަރަނިވެރިވެފައިވާކަން ފާހަގަކޮށްފައެވެ.

މިހާރު ވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު މިނިސްޓްރީން 15އާއި 18 މިލިއަން ރުފިޔާ ލޯނު ނަގައިގެން ކަމަށާއި ކުންފުނީގެ ހާލަތު މިހާ ދަށު ދަރަޖައަށް ވެއްޓިފައި އޮތުމުން މޯލްޑިވިއަންގެ ބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަގްވާމީ މިންގަނޑުތައް ދަމަހައްޓަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް