އިންޑިއާއިން ރާއްޖެއަށް 4 މިލިޔަން ރުފިޔާދީފި
ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 7 ހައި އިމްޕެކްޓް މަޝްރޫޢުގެ މޯބިލައިޒޭޝަން މަސައްކަތް ފެށުމަށް ޓަކައި އެޑްވާންސްގެ ގޮތުގައި އިންޑިއަން ހައިކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސަރުކާރަށް 4 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިއީ މާރޗް 2022 ގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ޖައިޝަންކަރް ކުރެއްވި ޒިޔާރަތުގައި އިޢުލާން ކުރެވުނު މަޝްރޫޢުތަކެކެވެ.
އެގޮތުން އެޕްރީލް 2022ގައި މިކަމާ ގުޅޭ އެމް.އޯ.ޔޫތަކުގައި ވަނީ ސޮއިކުރެވިފައެވެ. ސިއްޙީ ދާއިރާއަށާއި، ޒުވާނުންގެ ތަރައްޤީ އަދި ކުޅިވަރާއި ސަޤާފަތަށް އަމާޒުކުރެވި ހިންގޭ މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގައި ހައި އިމްޕެކްޓް މަޝްރޫޢުތައް ހިންގުމަށް ޚާއްސަކުރެވި، އިންޑިޔާއިން ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ފަންޑުކުރެވިފައިވާ މަޝްރޫޢުތަކެކެވެ.
7 އަތޮޅަކަށް ބަހައިލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުތައް ހިންގުމަށްހަމަޖެހިފައި ވަނީ، ކުޅުދުއްފުށި ސިޓީ، ނ.ލަންދޫ މާބުދުގެ، ތ.ދިޔަމިގިލި ގަނޑުވަރުގައާއި، ނ.މަނަދޫ، ކ.ހުޅުމާލެ، އދ.ދިގުރަށް، ގއ.ގެމަނަފުށި އަދި އައްޑޫ ސިޓީގައިއެވެ.
މަތީގައި ދެންނެވިފައިވާ މަޝްރޫޢުތައް ހިމަނައިން، އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި މި ހިންގޭ ހައި އިންޕެކްޓް 27 މަޝްރޫޢުތަކުގައި މިދެންނެވޭ ދާއިރާތައް ވެސް ހިމެނިފައިވެއެވެ. އެގޮތުން މަސްވެރިކަން،އިކޯ-ޓުއަރިޒަމް، ދެމެހެއްޓެނިވި ތަރައްޤީއާއި ފަތުރުވެރިކަން، ދަނޑުވެރިކަމާއި ސަޤާފަތާއި، ސިއްޙީ ދާއިރާ އަދި ރަށްރަށުގެ އުމްރާނީ ތަރައްޤީގެ އިތުރުން ތަޢުލީމީ ދާއިރާ ވެސް އޭގެ ތެރޭގައި ހިމެނިފައިވެއެވެ. މީގެ އިތުރުން ވެސް، އިންޑިއާއިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ 18 މަޝްރޫޢަތަށް ހިންގުމަށް ޓަކައި ހިލޭ އެހީގެ ގޮތުގައި 106 މިލިއަން ރުފިޔާގެ ފޯރުކޮށްދީފައެވެ. މިގޮތުން ހިންގުމަށް ހަމަޖެހިފައިވާ 45 މަޝްރޫޢުގެ ތެރެއިން 17 މަޝްރޫއެއް ވަނީ ނިމި އިފްތިތާޙްކުރެވިފައިއެވެ.
މި ހައި އިމްޕެކްޓް މަޝްރޫޢުތައް ފަރުމާކުރެވިފައި ވަނީ އެ ރަށެއްގެ މުޖްތަމައުއަކަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް ޚާއްސަކަން ދެވިގެން ކަމަށް އިންޑިއާ ހައިކޮމިޝަނުން ހާމަކުރެއެވެ. އެގޮތުން، މަޝްރޫޢުތަށް ހިންގުމުގެ ޤާބިލްކަން އިތުރުކުރުމަށް ޓަކައި މީގެ ގިނަ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައި ވަނީ ލޯކަލް ކައުންސިލް އިދާރާތައް މެދުވެރިކޮށެވެ.
ރުފިޔާ ތަ ؟